ދައުލަތުން ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް

މިއަދު ދަރުބާރުގޭގައި ހޮޓެލް އޭޝިއާ އެގްޒެބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މުނައްވަރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ޖަރުމަނުގެ ޑޮއިޗް ބޭންކް މެދުވެރިކޮށް މި އަހަރު ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު ޑިމާންޑެއް ލިބުނު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ހޮޓެލް އޭޝިއާ އެގްޒެބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން މުނައްވަރު ވިދާޅުވީ، ރާއްޖެއިން ބޮންޑު ވިއްކަން ހުޅުވާލި އެންމެ ފުރަތަމަ ފަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި އެކަމުން ދޭހަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގަ ހުރި ބާރުގަދަ ކަން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކުރައްވައި ފަތުރުވެރިކަމަކީ "ހާޓް އޮފް ދަ އެކޮނޮމިކް ގްރޯތް" ގެ ގޮތުގައި މުނައްވަރު ސިފަކުރެއްވިއެވެ.

ޑޮއިޗް ބޭންކުން ވަނީ މިދިޔަ އަހަރު ގިނަ ގައުމުތަކެއްގެ، ފާހަގަކޮށްލެވޭ ބޮޑެތި ބޮންޑުތަކެއް ވިއްކުމުގައި އެހީތެރިވެދީފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ 1.5 ބިލިޔަން ޑޮލަރުގެ ބޮންޑު، ޕާކިސްތާނުގެ އެއްބިލިޔަން ޑޮލަރުގެ ސުކޫކު، ސައުދީ އަރަބިއްޔާގެ 17.5 ބިލިޔަން ޑޮލަރުގެ ޑެޓް އިޝުއަންސް އަދި އާޖެންޓީނާގެ 16.5 ބިލިޔަން ޑޮލަރުގެ ބޮންޑް އިޝުއަންސް ހިމެނެއެވެ.

comment ކޮމެންޓް