ހަތް ކޯޓަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން ހުވާކޮށްފި

މިއަދު ހުވާ ކުރެއްވި ފަނޑިޔާރުން --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

ހަތް ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާ ކުރައްވާފައިވަނީ، ހަތަރު އިސް މެޖިސްޓްރޭޓް އަކާއި ތިން މެޖިސްޓްރޭޓުންގެ މަގާމަށް އައްޔަން ކުރި ފަނޑިޔާރުންނެވެ.

އިސްމެޖިސްޓްރޭޓުންގެ މަގާމަށް އައްޔަން ކުރި ފަނޑިޔާރުން:

  • ލިމްއާން މުހައްމަދު، ވަޑިގެ، ގދ. ވާދޫ (ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓް)
  • ސުލައިމާން މުހައްމަދު، ނޫރާނީގެ، ޅ. ކުރެންދޫ (ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓު)
  • އަލީ ޝަރީފް، ބީޗްރެސްޓް، ލ. އިސްދޫ (ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓު)
  • މުހައްމަދު އިޙްސާން، ނޫރުވާދީ، ކ. ތުލުސްދޫ (ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓު)

މެޖިސްޓްރޭޓުންގެ މަގާމަށް އައްޔަން ކުރި ފަނޑިޔާރުން:

  • މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ. ގައްދޫ (ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު)
  • މަރްޔަމް ނަޞްރާ، އަލޭރު، ކ. ތުލުސްދޫ (ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު)
  • ޚަދީޖާ ލީނާ، ފުނާޑު، ކޯޒީ ޏ. ފުވައްމުލައް (ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް)

ކޯޓުތަކަށް އައްޔަން ކުރި ފަނޑިޔާރުންނަށް ހުވާލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް އެވެ. އަދި ފަނޑިޔާރުންނަށް ހުވާކުރެއްވި ފަތްކޮޅު އަރުވައިދެއްވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

comment ކޮމެންޓް