އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރުމަށް ގައުމީ ބިލިއާޑް ޓީމު ފުރައިފި

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމު ތުރުކުމެނިސްތާނަށް ފުރުން --- ފޮޓޯ/ އެމްޕީބީއޭ

ތުރުކުމެނިސްތާނުގައި ބާއްވާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމު ފުރައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ކުރިއަށްގެންދާ އެ ގޭމްސްގައި ވާދަކުރުމަށް ގައުމީ ބިލިއާޑް ޓީމު ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ގޭމްސްގައި ރާއްޖޭން ވާދަކުރާ ބިލިއާޑް ޓީމުގައި ހިމެނެނީ ހަ ފިރިހެން ކުޅުންތެރިންނާއި ދެ އަންހެން ކުޅުންތެރިންނެވެ. ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ކުޅުންތެރިންނަކީ އާމިނަތު އަޒްރާ އަދި އާމިނަތު ފާތީއެވެ.

އެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ކުޅުންތެރިންނަކީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފާއި ހުސައިން ފަޔާޒާއި އަލީ ފަޔާޒާއި އިބްރާހިމް ހަނީފާއި އަހުސަން ހާޝިމް އަދި ހަސަން ޝާޒް މުހައްމަދެވެ.

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ބިލިއާޑްގެ އިތުރުން އެތުލެޓިކްސްއާއި ޗެސްއާއި ފުޓްސަލް އަދި ސްވިމިންގައި ވެސް ރާއްޖޭން ވާދަކުރާނެއެވެ.

comment ކޮމެންޓް