މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް މިއަހަރުވެސް ބަނޑޮހުގައި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިންގ -- ފޮޓޯ: މަޓާޓޯ

މަޓާޓޯއިން މިއަހަރު ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ހަރަކާތްތަކުގެ ތެރެއިން ބާޢްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސްގެ ދެވަނަ އެޑިޝަން މިއަހަރުވެސް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރަންސަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ދުވަހުގެ ކުރީ ދުވަހު، ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، އިންޑަސްޓްރީގެ އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުވެސް މި ކޮންފަރަންސް އޮތީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

ޓްރެވަލް އެވޯޑްސްގެ އެކިއެކި ސްޕޮންސަރުންނާރި ޕާޓްނަރުންނާ އެކު ސޮއިކުރުމަށް އިއްޔެ އަނަންތާރާ ދިގު ރިސޯޓުގައި ބޭއްވި ހަފްލާއެއްގައި، ޓްރެވަލް ކޮންފަރަންސް ހޯސްޓުކުރުމުގެ އެއްބަސްވުމުގައި، މަޓާޓޯއާއި ބަނޑޮސް ވަނީ ސޮއިކޮށްފައެވެ.

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސްގެ މަޝްވަރާތަކާއި ބަހުސްތައް ކުރިޔަށް ދާނީ ފަތުރުވެރިކަމާއި ދެމެހެއްޓެނިވިކަމާ ގުޅުންހުރި މައުޟޫއުތަކަށެވެ.

މަޓާޓޯއިން ބުނީ، ޓްރެވަލް ކޮންފަރަންސްގައި ބައިވެރިވުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި ރާޢްޖެއިން ބޭރުގެ، ނަން ހިނގާ އެކިއެކި ފަރާތްތަކަށް ދައުވަތު ދޭނެ ކަމަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސާއި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އިވެންޓް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މީގެ ތެރެއިން، ޓްރެވަލް ކޮންފަރަންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފައި ކަމަށް މަޓާޓޯއިން ބުނެއެވެ. އެ ބައްދަލުވުމުގައި 250 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރާކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޖުމްލަ ތިން އެވޯޑު ހަފްލާއެއް މިއަހަރު އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ އިވެންޓް، މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ޖުލައި މަހު ވަނީ ބާއްވައިފައެވެ. ދެން އެންމެ އަވަހަށް އޮންނާނީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެވެ. އެއަށްފަހު އޮންނާނީ ނޮވެމްބަރު މަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ޓްރެވަލް ކޮންފަރަންސް، އަދި އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި، މޯލްޑިވްސް ޓްރެވަލް އެވޯޑްްސްގެ ގާލާ އިވެންޓެވެ.

comment ކޮމެންޓް