ޓޫރިޒަމް ދާއިރާގައި ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓްގެ ތަމްރީން ޕްރޮގަރާމްގައި އޭނާ މިއަދު ވާހަކަ ދައްކަވަނީ --

ޗައިނާގެ ފަތުރުވެރިކަމުގެ މާހިރު އަދި ޗައިނާ އައުޓްބައުންޑް ޓޫރިޒަމް ރިސާޗް އިންސްޓިޓިއުޓް (ކޮޓްރީ)ގެ ފައުންޑާ އަދި ޑިރެކްޓަރު، ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓް މަޓާޓޯ އާ އެކު ބާއްވަން ހަމަޖެހިފަވާ ތަމްރީން ޕްރޮގްރާމް ފަށައިފި އެވެ.

މިއަދު ހެނދުނު ޗަންޕާ ސެންޓަރަލް ހޮޓެލްގައި ފެށި މި ތަމްރީން ޕްރޮގްރާމް ހަވީރު 5:00 އާ ހަމަޔަށް ކުރިޔަށްދާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

އެ ތަމްރީން ޕްރޮގަރާމުގައި ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓް ޗައިނާގެ މާކެޓް ޕްލޭންއާއި ޗައިނާގެ ޓޫރިޒަމް އޮތް ދިމާތަކާއި ރާއްޖެ އަށް އަންނަ ޗައިނާގެ ޓޫރސްޓުން ގިނަ ކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާއި އަދި މިނޫން ވެސް ޗައިނާގެ ޓޫރިޒަމާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ބަދަލުކުރާނޭ ކަމަށް މަޓާޓޯ އިން ބުންޏެވެ.

ކޮޓްރީ އަކީ ޗައިނާގެ ޓޫރިޒަމް ދާއިރާގެ އެންމެ އުސްފަންތީގައި ހޯދުންތައް ހޯދައި ތަމްރީނުތައް ހިންގަމުން އަންނަ އިންސްޓިޓިއުޓް އެކެވެ. އަދި ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓަކީ ޗައިނާ އިން މިހާރު ދެކެމުން އަންނަ ފަތުރުވެރިކަމުގެ ކާމިޔާބުގެ ފަހަތުގައި ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށް މަޓާޓޯ އިން ބުންޏެވެ.

comment ކޮމެންޓް