ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމާއި ބޫޓާންގެ 16 އަހަރުގެ ދަށުގެ ގައުމީ ޓީމު ބައްދަލު ކުރި މެޗުގެ ތެރެއިން--

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ 16 އަހަރުން ދަށުގެ ސަބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލި ވެއްޖެއެވެ.

ނޭޕަލްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ބޫޓާން އަތުން 63-54 ޕޮއިންޓުންނެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ވަރުގަދަ އިންޑިއާ އަތުން 152-17 ޕޮއިންޓުން ބަލިވެފަ އެވެ.

މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. މި މެޗު ކުޅޭނީ މާދަމާ އެވެ.

ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގައި 14 ކުޅުންތެރިން ހިމެނެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާބާ ޗެމްޕިއަންޝިޕްގައި ސާބާގެ ހުރިހާ ގައުމަކުން ވެސް ވާދަކުރެއެވެ.

މި މުބާރާތަށް ތައްޔާރުވުމަށް 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ވަނީ އިންޑިއާގެ ބެންގަލޫރުގައި ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ. އަދި ބެންގަލޫރުގައި ކުރި ތަމްރީނުތަކުގައި އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފައެވެ.

comment ކޮމެންޓް