އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

ޕެޓްރޯލް ޝެޑް--

މިއަދުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށެވެ.

މިގޮތުން، މިއަދުން ފެށިގެން ޑީސަލް އަދި ޕެޓްރޯލްގެ އަގަށް އައި ބަދަލާއެކު އެސްޓީއޯއިން ތެޔޮ ލިބެން ހުންނާނީ:

  • ޑީސަލް ލީޓަރެއް: 8.64ރ
  • ޕެޓްރޯލް ލީޓަރެއް: 8.95ރ

ޕެޓްރޯލާއި ޑީސަލް އިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމާއި ގުޅިގެން އެސްޓީއޯއިން ވަނީ މިދިޔަ ޖޫން މަހުގައި ތެލުގެ އަގު ކުޑަ ކޮށްފައެވެ.

comment ކޮމެންޓް