16 އަހަރުން ދަށުގެ ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު--

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލި ވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ބަލިވީ ވަރުގަދަ އިންޑިއާ އަތުން 152-17 ޕޮއިންޓުންނެވެ.

ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގައި 14 ކުޅުންތެރިން ހިމެނެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާބާ ޗެމްޕިއަންޝިޕްގައި ސާބާގެ ހުރިހާ ގައުމަކުން ވެސް ވާދަކުރެއެވެ.

މި މުބާރާތަށް ތައްޔާރުވުމަށް 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ވަނީ އިންޑިއާގެ ބެންގަލޫރުގައި ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ. އަދި ބެންގަލޫރުގައި ކުރި ތަމްރީނުތަކުގައި އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފައެވެ.

comment ކޮމެންޓް