ގަލްފް ކްރާފްޓް ލޯންޗުތަކުގައި ސުޒުކީ އިންޖީނު އެޅުމަށް ބާރުއަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާއި ގަލްފް ކްރާފްޓްގެ ސީއީއޯ އެއްބަސްވުން ބަދަލުކުރަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ގަލްފް ކްރާފްޓްގެ ލޯންޖްފަހަރުގައި ސުޒުކީ އިންޖީނު އެޅުމަށް ބާރުއެޅުމަށް އެމްޓީޓީސީ އާއި ގަލްފް ކްރާފްޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިރޭ ބިސްޓްރީ ރެސްޓްރޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިއަތެވެ. އަދި ގަލްފް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އެރްވިން ބަމްޕްސް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ސުޒުކީ އިންޖީނަކީ ރާއްޖޭގެ ވަރަށް އިތުބާރާއި ޔަގީންކަން ހޯދައިފަވާ އިންޖީނެއްކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ގަލްފް ކްރާފްޓްގެ ހުރިހާ ބޯޓެއްގައި ސުޒުކީ އިންޖީނު ނޭޅުވި ކަމުގައިވިޔަސް ގަލްފް ކުރާފްޓް ބޯޓް ތަކުގައި އިންޖީނު އެޅުމުގައި ސުޒުކީ އިންޖީނަށް ޚާއްސަ އިސްކަމެއްދޭނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

"ގަލްފް ކްރާފްޓަކީ މަހެއްގެ މައްޗަށް 12 ލޯންޗް ކަނޑަށް ބާލަމުން އަންނަ ކުންފުންޏެއް. އެހެން ކަމުން ސުޒުކީ އިންޖީނު އެޅުމުގައި އިސްކަމެއް ދޭކަމަށް ވަންޏާ އެމްޓީސީސީގެ ސޭލްސް އަށް އަދި މާކެޓަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ޒިޔަތު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގްލްފް ކްރާފްޓްގެ ސީއީއޯ ވިދާޅުވީ އެކުންފުންޏަކީ އެކި ކަންކަމަށް ބޯޓްފަހަރު ބަންނަމުންދާ ކުންފުންޏެއްކަމަށާއި އަމާޒަކީ ރަނގަޅު ފެންވަރެއްގެ އުޅަނދުފަހަރު އުފެއްދުންކަމަށެވެ.

އުފައްދާ ބޯޓް ފަހަރަކީ ކޮންމެ އިންޖީނެއް އެޅިކަމުގައި ވިޔަސް ވަރުގަދަ އަދި ބޭނުން ކުރާ ބަޔަކަށް ސަލާމަތްކަން އޮތް އުޅަނދު ތަކަށް ހެދުމަކީ ގަލްފް ކްރާފްޓްގެ އަޒުމެއްކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ގަލްފް ކްރާފްޓަކީ 2000 ވަނަ އަހަރުން ފެށިގެން އޮޑި ދޯނިފަހަރު ރާއްޖެގައި ބަންނަމުން އަންނަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެކެވެ.

comment ކޮމެންޓް