މަހްލޫފް ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެގެން: ފުލުހުން

މަޚްލޫފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ރޭ މެންދަމު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިސަރު ވިދާޅުވީ މަހްލޫފް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންކަމަށެވެ.

މަހްލޫފާ އެކު އިތުރު ބަޔަކުވެސް ރޭ ހައްޔަރުކޮށްފައިވާއިރު، މަހްލޫފު މިވަގުތު ހުންނެވީ ދޫނިދޫގައި ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރޭ މެންދަމު ގިނަ ބަޔަކު ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވީ ގާސިމްގެ ޝަރީއަތް އެގަޑީގައި ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންކަމަށް ބުނެއެވެ.

comment ކޮމެންޓް