އަނެއްކާ ވެސް މާފުށީ ޖަލުގައި ގައިދީއަކު މަރުވެއްޖެ

ޖަލުގެ ގައިދީންތަކެއް: ސަން ފައިލް ފޮޓޯ

މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގްމާން މިއަދު ސަން އަށް ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ މ. ވައިޖެހޭގޭ އުމުރުން 32 އަހަރުގެ އިބްރާހިމް އަސްގަރު އެވެ.

"އިއްޔެ ހަވީރުކޮޅު ވަރުދެރަ ވެގެން ގޮޅިން ނެރުނީ. ދެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ،" ލުގްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސްގަރަކީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއެކެވެ.

ފާއިތުވި އަހަރު ޖަލުތަކުގައި ތަފާތު އެކިއެކި ސަބަބުތަކާ ހުރެ ހަ ގައިދީއަކު ވަނީ މަރުވެފަ އެވެ. އަދި މިއީ މި އަހަރު ތެރޭ މަރުވި ދެވަނަ ގައީދީ އެވެ.

comment ކޮމެންޓް