ފާރިސްއާ ބައްދަލުކުރެއްވުމަށް ބައްޕާފުޅު މައުމޫން މާފުށީ ޖަލަށް

މާފުށީ ޖަލަށް މައުމޫން މިއަދު ވަޑައިގަންނަވަނީ ---- ފޮޓޯ: އަލީމް

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހަމުދު ފާރީސް މައުމޫނާއާ ބައްދަލުކުރެއްވުމަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފިށީ ޖަލަށް ވަޑައިގެންފި އެވެ.

މިއަދު މެންދުރު 12 ޖެހިއިރު މައުމޫން މާފުށްޓަށް ވަޑައިގެން އިރު އަރިހުގައި ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މައުމޫންގެ ފަރިކަނބަލުން ދުންޔާ މައުމޫންގެ ދެމަފިރިންނާއި ޔުމްނާ މައުމޫންގެ ފިރިކަލުންގެ އިތުރުން ފާރިސްގެ އަނބިކަބަލުންނާއި ދަރިކަލުން ވެސް ވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފާރިޝްއާ ބައްދަލުކުރުމަށް މައުމޫން މާފުށީ ޖަލަށް ވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ.

ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހީމާއި ޔުމްނާ ވެސް ވަނީ މީގެ ކުރިން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފަ އެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ ގެ ކޮޅުގައި ހުއްޓާ ޖުލައި މަހުގެ 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހެއްކެތް ނެތި ގާނޫނާ ހިލާފަށްކަމަށް ބުނެ މައުމޫން އަންނަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް