ފަރީހާގެ އަލްވަދާއާ އެކު ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި

ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެ އަހަރު ވަންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރެއްވުމަށްފަހު ފަރީހާ ޝަރީފް، އެ ބޭންކުގެ ބޯޑުން މިރޭ ވަކިވެވަޑައިގެންނުމާއެކު އާ ބޯޑު އެކުލަވާލައިފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެކުލަވާލި ބޯޑުގައި ސަރުކާރުގެ ފަރާތުން އައްޔަން ކުރައްވައި، ހޮވިވަޑައިގަތީ ހަތް މެމްބަރެކެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ތިން ބޭފުޅަކު އިންތިޚާބުވެވަޑައިގެންފައިވެއެވެ.

ސަރުކާރުގެ ފަރާތުން އައްޔަން ކުރެއްވި ބޭފުޅުން:

  • އެންޑްރޫ ހީލީ (ސީއީއޯ، މެނޭޖިން ޑިރެކްޓަރު)
  • ސައީދާ އުމަރު (ދަފްތަރު ނަމްބަރު 621 މާލެ)
  • މުހައްމަދު ޝަރީފު (މ. އިފާއު، މާލެ)
  • މުހައްމަދު ލުވޭޒް (މއ. ދިލާސާގެ، މާލެ)
  • އަބްދުލް ހާރިޘް (ގ. އެކްރާ، މާލެ)
  • އައިޝަތު އަރްޝާ (މ. ނަރުގިސްމާގެއާގެ، މާލެ)
  • ރާބިހު މުހައްމަދު (އަނބުގަސްދޮށުގެ. ތ. ވިލުފުށި)

އާންމު ހިއްސާދާރުންގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް މެމްބަރުން:

  • މުހައްމަދު އަބްދުއްސައްތާރު (މއ. ޓިއުލިޕްވިލާ، މާލެ)
  • އިބްރާހިމް މުހައްމަދު (ނެލުމް، ނ. ހޮޅުދޫ)
  • އިބްތިޝާމް އަހުމަދު ސައީދު (މ. އެގްޒީޓަރ، މާލެ)

ބީއެމްއެލްގެ އާ ބޯޑު އެކުލަވާލި އިރު، ބޯޑުގައި ކުރިން އިންނެވި، ފަރީހާ ޝަރީފް ވަނީ އާ ބޯޑަށް ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. ހިއްސާދާރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފަރީޝާ މިރޭ ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ދެ ދައުރު ޚިދުމަތް ކުރެއްވިއްޖެ ކަމަށާއި ކުރިމަތި ނުލެއްވުމަށް ނިންމެވީ އަމިއްލައަށް ފެނިގެން ކަމަށެވެ.

މިރޭގެ ޖަލްސާގައި ބޭންކުން ވަނީ އެ ބޭންކުގެ ހިއްސާދާރުންނަށް، ހިއްސާއަކަށް 20 ރުފިޔާ ބަހަން ފާސްކޮށްފައެވެ. ޑިވިޑެންޑުގެ ގޮތުގައި މިއަހަރު ބަހަން އެ ބޭންކުން ނިންމާފައިވަނީ 107،638،400 ރުފިޔާއެވެ.

comment ކޮމެންޓް