ބޭންކިންގ ޚިދުމަތަށް ދިވެހި ބޭންކުން ގެންނަމުންދާ ހެޔޮ ބަދަލު!

ދިވެހި ގައުމީ ބޭންކުގެ އިހަވަންދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ

އެއީ ގާތްގަނޑަކަށް މީގެ 35 އަހަރު ކުރިއެވެ. ދިވެހީންނަށް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ބަންގުލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް (އައިއެފްއައިސީ ބޭންކް ލިމިޓެޑް)އާ ގުޅިގެން ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާއާއެކު އުފެއްދި ޖޮއިންޓް ވެންޗަރ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ މިއަދު އެ ކުންފުންޏަކާ މެދު ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާނޭ ފަދަ ކާމިޔާބީތަކެއް ހާސިލްކޮށް، އަދި ހާސިލްކުރަމުންދާ ކުންފުންޏެކެވެ.

މިއަދު ބީއެމްއެލް އަކީ މިރާއްޖޭގެ ގައުމީ ބޭންކެވެ. ދިވެހި ދައުލަތާއި އާންމުން ހިއްސާވާ، ދިވެހީންގެ ގައުމީ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ހާސިލްކޮށްފައިވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އެންމެހާ ދިވެހީންނަށް ބޭންކިންގ ޚިދުމަތް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް އެ ނިޒާމަށް ގެނެސްފައިވާ ހެޔޮ ބަދަލެވެ.

ގައުމީ ބޭންކުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކުގެ ބްރާންޗުތައް ގާއިމްކޮށްފައެވެ. މާލީ ގޮތުން މާކަ ބޮޑު ނަފާއެއް ނުލިބުނު ނަމަވެސް ބީއެމްއެލް އިން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ބޭންކުގެ ޚިދުމަތް ފުޅާކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިހާރުވެސް 34 ބްރާންޗަކާއެކު ޚިދުމަތްދެމުންދާ ގައުމީ ބޭންކުން މިއަހަރުގެ މިހާތަނަށްވެސް މުޅިން އަލަށް ތިން ބްރާންޗެއް ހުޅުވާފައި ވެއެވެ. ބީއެމްއެލްގެ ބްރާންޗް ނެޓްވޯކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ.

ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ޚިދުމަތްދެނީ -- ފޮޓޯ: ބީއެމްއެލް

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ގައުމުގައި، ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހީންނަށް އެންމެ ބޮޑު ބުރައަކަށް ވެގެންދިޔަ އެއްކަމަކީ، ޚިދުމަތް ހޯދުމަށް މާދުރަށް ދަތުރުކޮށް ބޭންކު ހުރިތަނަށް ދާން ޖެހުމެވެ. ނަމަވެސް އެދުވަސް މިއަދު މާޒީއާ އެކުވެ ގޮސްފިއެވެ.

ދިވެހީންގެ ބޭންކުން މިވަނީ ޒަމާނީ ފަހުގެ ވަސީލަތްތަކާއެކު ކޭޝް އޭޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ. ހަމަ ޔަގީނުންވެސް މިއީ ދިވެހިންނަށް މިއަދު ލިބިފައިވާ ވަރަށް ބޮޑު ފަސޭހައެކެވެ.

"އަދިވެސް އިތުރު ބްރާންޗްތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް. ކޭޝް އޭޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ. 205 އެޖެންޓެއް މެދުވެރިކޮށް 165 ރަށެއްގައި ނީއެމްއެލްގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ދިވެހީންނަކީ އަބަދުވެސް ފަހުގެ ޓެކްނޮލޮޖީތަކަށް ލޯބިކުރާ، އަދި އެފަދަ ޚިދުމަތްތަކުގެ އިންތިޒާރުގައި ތިބޭ ބައެކެވެ. މިފަދަ ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަށް ދިވެހީންގެ ގައުމީ ބޭންކުން ކުރަމުންދާ މަސައްކަތް ހަމަ ފާހަގަކޮށްލަން ޖެހެއެވެ.

އެއާޕޯޓްގައި ޑޮލަރު ގަތުމަށް ބީއެމްއެލް އިން ގާއިމްކޮށްފައިވާ ކައުންޓަރު --- ފައިލް ފޮޓޯ

ޒަމާނީ ވަސީލަތްތައްކަމަށްވާ އިންޓަނެޓް ބޭންކިން އާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކިން އެޕްއެއް ތައާރަފްކުރުމާއި، ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ޚިދުމަތް ރާއްޖޭގައި ތައާރަފްކުރުމަކީ، ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތަރައްގީއަށް ދިވެހިންގެ ލޯ ހުޅުވާލުމަށް ދިވެހީންގެ ބޭންކުން ކުރިޔަށް އެޅި ފިޔަވަޅެއްކަން ޔަގީނެވެ.

"ކުރިއަރާފައި މިވާ ދުނިޔޭގައި އިންސާނުން ހޯދަމުންދާ ކާމިޔާބީއާއި ތަރައްޤީގެ ފަސޭހަތައް ދިވެހިންނަށްވެސް ތަޖުރިބާ ކުރަން ލިބުމަކީ އަޅުގަނޑުމެން ދިވެހިން ކުރަމުންދާ ފޮނި އުންމީދުތަކެއް. މިފަދަ ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އިސްނަގާ،" ސައީދު ވިދާޅުވިއެވެ.

"ރާއްޖެއަށް އެންމެ ފުރަތަމަ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް ތަޢާރަފްކޮށް ރައްކާތެރި ބޭންކިންގެ ޚިދުމަތްތައް ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައިވެސް ހޯދޭނެ ނިޒާމު ބީއެމްއެލް އިންމިވަނީ ޤާއިމްކޮށްފައި. އަދި މޯބައިލް ފޯނު މެދުވެރިކޮށް ބޭންކިން ޚިދުމަތްތައް ހޯދޭނެ ގިނަ ގޮތްތަކެއް މިހާރު ވަނީ ތަޢާރަފް ކޮށްފައި."

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއަކުން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް

ބޭންކުގެ ޚިދުމަތްތައް ހޯދާ ފާރާތްތަކަށް މީގެ ކުރީން އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ، ވަކި ގަޑިތަކެއްގައި ބޭންކަށް ގޮސް، ފައިސާ ޖަމާކުރުމާ އަދި ފައިސާ ނެގުން ފަދަ ކަންކަމަށް ކިއުޖެހިގެން ޚިދުމަތް ހޯދަންޖެހުމުގެ މައްސަލައެވެ. ނަމަވެސް މިއަދު މިހުރިހާކަމެއް ބީއެމްއެލްއިން މިވަނީ ޒަމާނާ އެއްގޮތަށް ބަދަލުކޮށްލައިފައެވެ. އެގޮތުން ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ތައާރަފްކުރުމާއެކު ބޭންކުގެ ބްރާންޗަކަށް ގޮސްގެން ހޯދަން ޖެހޭ އެތައް ހިދުމަތެއް މިހާރު މިވަނީ، އެމީހަކަށް ފަސޭހަ ކޮންމެ ގަޑިއެއްގައިވެސް ކޮށްލެވޭ ކަންތައްތަކަށް ބަދަލުވެފައެވެ. އެ ތަންތަނުގެ ރީތިކަމާ އެއްވަރަށް ލިބޭ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވެ، ލުއިފަސޭހަތަކުގެ ވާހަކަ އެތަކެއް ބަޔަކު އުފަލާއި ހިތްހަމަޖެހުމާއެކު ފާހަގަކުރެއެވެ.

"އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ދެމުންދާއިރު ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރު ހަމަ ނަމޫނާ ތަނެއްގެ ގޮތުގައި ބަލައިގަނޭ. އަޅުގަނޑުމެންގެ ޚިދުމަތްތަކަކީ ކަސްޓަމަރުން ބަލައިގަންނަ ލުއި ފަސޭހަ ޚިދުމަތްތަކެއްކަން ގިނަ ކަސްޓަމަރުން ފާހަގަކުރައްވާ،" ސައީދު ވިދާޅުވިއެވެ.

ދިވެހީންގެ ބޭންކުގެ އަމާޒަކީ އަދިވެސް ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް ކަސްޓަމަރުން ބޭނުންވާގޮތަށް ކުރިއަށް ދާށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 88 އޭޓީއެމް އާއެކު 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުން ބީއެމްއެލްގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި މީގެ އިތުރުންވެސް އިތުރު އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް