ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް ބޭރު މަގުގެ ތޮށިގަނޑަަށް އަރައިފި

ދުއްވާފައި ދަނިކޮށް ތޮށިގަނޑަށް އެރި ވޭން --- ފޮޓޯ/ އަހުމަދު އާޒިފް

ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް ބޭރު މަގު މޫދާ ދިމާލު ތޮށި ގަނޑަށް ވޭން އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ މައްސަލަ މިއަދު 2:40 އެހާކަންހާއިރު ފުލުހުންނަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މަސްންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ ދުއްވާފައި ދިޔަ އެ ވޭން ކޮންޓްރޯން ނުވެގެން ގޮސް އެރީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާ ދިމާލު ތޮށި ގަނޑަށް ކަމަށެވެ.

އަދި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ކުރީ ކޮޅު ފުނޑު ފުނޑުވެ އޭގެ ތެޔޮވެސް ފައިބާ ކަމަށެވެ.

ވޭން ދުއްވަން އިން މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު އޭނާއަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަން އެނގިފައިވެ އެވެ.

comment ކޮމެންޓް