ކޯސްޓްލައިންގެ ދޯންޏެއްގައި ރޯވެއްޖެ

ކަނޑުމަތީގައި އުޅަނދެއްގައި ރޯވެ އަނދަނީ-- ސަން ފައިލް ފޮޓޯ

ކ. އަތޮޅު ރީތިރަށް ރިސޯޓު ކައިރީގައި އޮތް ކޯސްޓްލައިގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

މިރޭ 8:52 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ކޯސްޓުގާޑުން ބުންޏެވެ. ކޯސްޓުގާޑުން ބުނީ އަލިފާން ރޯވެފައި ވަނީ 95 ފޫޓްގެ "ޑައިމަންޑު" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށާއި އެ ދޯނީގައި ރޯވި އަލިފާން މިރޭ 9:10 އެހާކަންހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު، ތިން ބިދޭސީންނާއެކު ދިވެއްސެއް ދޯނީގައި ހުރި ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ. އަލިފާން ރޯވިއިރު ދޯނީގައި ދެ ކޮންޓެނިނަރު ހުރި ކަމަށްވެ އެވެ.

comment ކޮމެންޓް