ސަރަހައްދީ ކަނޑުދަތުރާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން ރާއްޖޭގައި

ސަރަހައްދީ ކަނޑުދަތުރާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން ރާއްޖޭގައި ފެށުމަށް އިއްޔެ ބޭއްވި ހަފްލާ-

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން ކަނޑު ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އިންޑިއަން އޯޝަން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އައިއޯއެމްއޯޔޫ) ޖަމިއްޔާގެ 20 ވަނަ އަހަރީ ޖަލްސާ އިއްޔެ ފަށައިފިއެވެ.

އައިއޯއެމްއޯޔޫއަކީ އިންޑިއާ ކަނޑުގެ މެރިޓައިމް ސޭފްޓީ ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ މުއާހަދާގައި ހުރި ކަންކަން ފުރިހަމަކުރޭތޯ ބެލުމަށްޓަކައި، ސަރަހައްދީ ފެންވަރުއްގައި ގައުމުތަކުން އެއްބާރުލުން ދިނުމަށް އެކުލަވާލައިައިވާ ޖަމިއްޔާއެކެވެ.

މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފެށި އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއް ލަތީފް މުހައްމަދުއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން ކަނޑު ދަތުރުފަތުރުކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އައިއޯއެމްއޯޔޫގެ 20 ވަނަ އަހަރީ ޖަލްސާގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ވާހަކަފުޅު ދައްކަނީ..

މިއަދުން ފެށިގަން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޖަލްސާގައި އެޖަމިއްޔާގެ 18 މެމްބަރު ގައުމުގެ ތެރެއިން 15 ގައުމުއްގެ މަންދޫބުން ބައިވެރިވެ ބަޑައިގެންނެވިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓުން ބުންޏެވެ.

އައިއޯއެމްއޯޔޫގައި ބައިވެރިވެފައިވާ ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޖިބޫޓީ، އެރިޓްރިއާ، އިތިއޯޕިއާ، އިންޑިއާ، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ކޮމޯރޯސް، މިޔަންމާ، އޮމާން، ސީޝެލްސް، ސިންގަޕޫރު، ދެކުނު އެފްރިކާ، ޓެންޒޭނިއާ، ޔަމަނު އަދި ސްރީލަންކާއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ، އައިއޯއެމްއޯޔޫގެ އަަހަރީ ޖަލްސާގައި މަޝްވަރާ ކުރެވޭނެ ކަންކަމުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި ކަނޑުދަތުރުތަކުގައި ދިމާވި މައްސަލަތަކާއި، އެކަންކަމުގެ ހައްލު ހޯދޭނެ ގޮތްތަށް ހިމެނޭ ކަމަށެވެ.

އިއްޔެ ފެށި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން ކަނޑު ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އައިއޯއެމްއޯޔޫގެ 20 ވަނަ އަހަރީ ޖަލްސާގެ ތެރެއިން-

އިއްޔެ ފެށި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ޕޯޓް ސްޓޭޓް ކޮންޓްރޯލްގެ މަސައްކަތއްތަކަށް ކުރިއެރުން ލިބި އަދި ޕޯޓް ސްޓޭޓް ކޮންޓްރޯލް އޮފިސަރުންގެ ތަޖުރިބާ އަދި ހުނަރު އިތުރުވެ އޭގެ ލާބަޔާއި މަންފާ އިތުރުވެގެންދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިތީއިން ބުންޏެވެ. އަދި ބުނީ އެ ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރައްހަދުގެ ތެރޭގައި އުޅޭ ބޯޓު ފަހަރު ޗެކުކުރުމަށް އިތުރަށް ބާރު އެޅިގެންދާނެ ކަމަށެވެ.

comment ކޮމެންޓް