އިއްސެ މަރާލީ ޝުމަންމިއާގެ ކައިވެނީގެ ގުޅުން ހީނަރުކޮށްލި މީހާއަށްވުމުން

ޝުމޮންމިއާ: އިއްސެއަށް ހަމަލާދިން ކަމަށް އިއުތިރާފުވި

ހއ. އިހަވަންދޫ، އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު، ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ)ގެ ގާތިލު، ޝުމަންމިއާގެ އަނިޔާވެރި އަމަލުގެ ޝިކާރައަކަށް އިއްސެ ވެގެންދިޔައީ ޝުމަންމިއާގެ ކައިވެނީގެ ގުޅުން ހީނަރުވުމުގެ ސަބަބަކަށް އިއްސެވުމުން ކަމަށް ފުލުހުން ބުނެފި އެވެ.

އިއްސެ މަރާލި ކަމަށް އިއުތިރާފުވެ، ޝުމަންމިއާގެ މައްޗަށް ތައުވާ އުފުލާފައި ވަނިކޮށް، ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ އެ މަރުގެ މަައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު މީޑިއާއަށް ހިއްސާކޮށްފަ އެވެ.

އިސްކަންދަރު ބިންޑިލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން އާންމު ކުރި ވީޑިއޯ ރިޕޯޓުގައި ބުނެފައި ވަނީ ވަޒީފާގެ މާހައުލުގައި އިއްސެ ޝުމަންމިއާއާ ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އިއްސެ މަރާލާފައި އޮއްވާ ފެނުނު އައިސްޕްލާންޓުގައި އިއްސެ ނިދަން އޮންނަތަނުގެ އެތެރެ
ވަރަށް ގިނައިން އޭނާގެ އަންހެނުން އޭނާއަށް ގުޅާ. މަސައްކަތުގައި އުޅޭއިރުގައި. އެކަމާ ހިންހަމަނުޖެހިގެން، އެކަން (އިއްސެ) މަނާކުރީމަ، އަސްލު އުފެދުނު ރުޅިވެރިކަމެއްގައި އަންހެނުން ގެއިން ނުކުމެގެންދަނީ. ނުކުމެގެންދިޔައީމަ އިއްސެއަށް މި ހަމަލަދޭން ސުމަންމިއާ މި ނިންމަނީ، ސުޕްރިޓެންޑެންޓު މުހައްމަދު ފަޒީން

މަަސައްކަތުގެ މާހައުލުގައި ޝުމަންމިއާ އޭނާގެ އަންހެނުންނަށް ގުޅައިގެން ހުންނާތީ އެކަން އިއްސެ މަނާ ކުރި ކަމަށާއި އޭގެ ސަބަބުން ޝުމަންމިއާގެ ކައިވެނީގެ ގުޅުން ހީނަރުވި ކަމަށެވެ. ޝުމަންމިއާ ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެ ކައިވެނި ޝުމަންމިއާކޮށްފައި ވަނީ ވެސް އާއިލާގެ ނުރުމުގައި ކަމަށް ފުލުހުން ބުންޏެވެ.

"ވަރަށް ފަހުން ކައިވެނި ކުރީ. ޑިސެމްބަރު މަސް ތެރޭގައި. ކައިވެނީ ކުރީ ވެސް އާއިލާގެ ނުރުހުމުގައި. ވަރަށް ގިނައިން އޭނާގެ އަންހެނުން އޭނާއަށް ގުޅާ. މަސައްކަތުގައި އުޅޭއިރުގައި ވެސް. އެކަމާ ހިންހަމަނުޖެހިގެން، އެކަން (އިއްސެ) މަނާކުރީމަ، އަސްލު އުފެދުނު ރުޅިވެރިކަމެއްގައި އަންހެނުން ގެއިން ނުކުމެގެންދަނީ. ނުކުމެގެންދިޔައީމަ އިއްސެއަށް މި ހަމަލަދޭން ސުމަންމިއާ މި ނިންމަނީ،" ސުމޮންމިއާގެ މަރުގެ ތަފްސީލު ހާމަކޮށްދެމުން ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ފަޒީން ވިދާޅުވި އެވެ.

ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ، ޝުމަންމިއާ ކުރި ޝަކުވާ

  • ޝުމަންމިއާގެ މަސައްކަތާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނުން
  • ޝުމަންމިއާ ކަންކާ ތަކެއްޗާމެދު އިއްސެ ހިތްހަމަނުޖެހުން
  • މާ ގިނައިން ރައްޓެހިންނާ ބައްދަލު ކުރަން ދާތީ އިއްސެ ކަންބޮޑުވުން
  • ޝުމަންމިއާ ރޭގަނޑު ލަހުން އަންނައިރު، ދިރިއުޅޭތަނުގައި އިއްސެ ތަޅުލުން
  • އެހެން މުވައްޒަފުންނާ ހިލާފަށް ޝުމަންމިއާއާމެދު ތަފާތުކުރުން
  • މަސައްކަތުގައި އުޅޭއިރު އަންހެނުންނާ ފޯނުން ގުޅައިގެން ވާހަކަ ނުދައްކަން އެންގުން
  • އޭގެ ސަބަބުން ކައިވެނީގެ ގުޅުން ހީނަރުވެ، އަންހެނުން ގެއިން ނުކުތުން
އިއްސެގެ މަރާ ގުޅޭ ގޮތުން ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ފަޒީން (ކ) އާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝިފާން މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުުހުން ބުނި ގޮތުގައި ޝުމަންމިއާ އޭނާ އަންހެނުން ދެކެ ވަރަށް ލޯބިވެ އެވެ. އޭނާގެ އަންހެނުން ދިރިއުޅެނީ ބަންގްލަދޭޝްގައި ކަމަށާއި ޝުމަންމިއާއާމެދު އޮތް ގުޅުން ހީނަރުވުމުން، އަންހެނުން ގެއިން ވެސް ނުކުމެގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

"...އެ ދެ މީހުންގެ މެދުގައި އޮތް ގުޅުން ހީނަރުވެ، އާއިލީ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ކައިވެންޏަށް އެކަމުގެ ނުރަނގަޅު އަސަރު ކުރިމަތިވެ، އެ ގުޅުން ކެނޑޭ ހިސާބަށް ދިއުމުން. އެކަމާ ޝުމަންމިއާ އިއްސެ ދެކެ ވަރަށް ބޮޑަށް ރުޅި އައިސް، އެކަމުގެ ބަދަލު ހިފުމަށް އިސްމާއިލް އުމަރު މަރާލުމަށްފަހު އިސްމާއިލް އުމަރުގެ ފައިސާތައް ބޭނުންކޮށްގެން ޝުމަންމިއާގެ ގައުމަށް ދިއުމަށް ގަސްތުކޮށްފައިވާކަން މައްސަލައިގެ ތަހުގީގަށް ވަނީ ފާހަގަވެފައި،" ފުލުހުން އާންމުކުރި ވީޑިއޯ ރިޕޯޓުގައިވެ އެވެ.

އިއްސެ މަރާލީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. އިއްސެ ނިދާފައި އޮއްވާ ޝުމަންމިއާ އޭނާއަށް ހަމަލާދިން ގޮތާއި އެކަން ރޭވި ގޮތް ވެސް ފުލުހުން އާންމުކުރި ޕްރެޒެންޓޭޝަނުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އިއްސެއަށް ޝުމަންމިއާ ހަމަލާދިނީ ދެ ދުވަސް ވަދެން ފަޅުގެއެއްގައި ފިލައިގެން އޮތުމަށްފަހު އެވެ. އެތަނުގައި ފިލައިގެން އޮތުމަށްފަހު ޖޫން މަހުގެ 16 ވަނަ ދުވަހުގެ ރޭ ހާރުދަމުގެ ވަގުތެއްގައި އައިސްޕްލާންޓުގެ އެކޮމަޑޭޝަން ބްލޮކުގެ ފެންލައިޓަކުން ވަދެ، ނިދާފައި އޮތް އިއްސެއަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިސް ޕްލާންޓުގެ ފާހާނާ ތެރެ ލެއިން ތަތްތެޅިފައި ---

އިއްސެ މަރާލުމަށް ބޭނުންކޮށްފައި ވަނީ ވާގަނޑަކާއި ވަޅި އެކެވެ. އެ ހަމަލާ އިއްސެއަށް ދިނުމުގެ ތެރޭގައި ޝުމަންމިއާގެ ތިން އިނގިއްޔެއް ވެސް ބުރިވެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އިއްސެ މަރާލުމަށްފަހު އައިސްޕްލާންޓުގެ ޓޭންކަކަށް އޭނާގެ ހަށިގަނޑުލާން ޝުމަންމިއާ މަސައްކަތްކޮށްފައިވެ އެވެ. އެކަން ނުވުމުން އިއްސެގެ ހަށިގަނޑު ބާއްވާފައި އޮތީ އައިސްޕްލާންޓުގެ ކައިރީގަ އެވެ.

އިއްސެ މަރާލިކަން އޭނާގެ ރައްޓެހިގެ ކައިރީގައި ބުނެފައި ނުވާ ކަމަށާއި އިއްސެ އިހަވަންދޫއިން ފުރުވާލުމަށް އުޅުނު ދެ ރައްޓެހިންނަކީ އިއްސެ މަރާލުމުގައި އެއްވެސް ވަރަކަށް ބައިވެރިވި ދެ މީހުން ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝުމޮންމިއާ ހައްޔަރުކޮށްފައި ވަނީ އިއްސެއަށް ހަމަލާދިން ދުވަހާ ޖެހިގެން އައި ދުވަހު، މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ހދ. ކުޅުދުއްފުށިން ކަމަށެވެ. އަދި ކުޅުދުއްފުށިން އޭނާ ހޯދައި ފުލުހުން ސުވާލު ކުރުމުން އޭނާގެ ވަނަވަރު އޮޅުވާލައި ނުބައި މައުލޫމާތުތަކެއް ފުލުހުންނަށް ދިން ކަމަށް ވެސް ފުލުހުންގެ އާންމު ކުރި ރިޕޯޓުގައިވެ އެވެ.

އިއްސެގެ މަރުގެ މައްސަލާގައި ޝުމަންމިއާގެ އިތުރުން ބަންގްލަދޭޝް ދެ މީހެއްގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލާފަ އެވެ. ޝުމަންމިއާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ޝެޑިއުލްކޮށްފައި ވަނިކޮށް ވަނީ، ކެންސަލްކޮށްފަ އެވެ.

comment ކޮމެންޓް