މިހާރު ކުރިއަށްދާ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ރެޑްލައިން ކްލަބާއި މެޓްރިކްސްއާއި، ރެޑްލައިން ސިޓީ އަދި ފެންފުށި ޒުވާނުންގެ ދިރުން ޖާގަ ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ އެ މުބާރަތުގެ ސެމީގެ ޖާގައެއް ކްލަބު މެޓްރިކްސްއިން ހޯދީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 51-30 ޕޮއިންޓުން ކުޅުދުއްފުށި ބަލިކޮށްގެންނެވެ.
ފެންފުށި ޒުވާނުންގެ ދިރުމާއި ޔޫތު ޔުނައިޓެޑް ބައްދަލުކުރި ކުއާޓާ ފައިނަލްގެ ދެވަނަ މެޗު ފެންފުށިން ކާމިޔާބުކުރީ 69-23 ޕޮއިންޓުންނެވެ.
ރެޑްލައިން ސިޓީއާއި ޝައިނިންގ ސްޓާ ބައްދަލުކުރި ކުއާޓާގެ ތިންވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ރެޑްލައިން ސިޓީން ކާމިޔާބުކުރީ 48-31 ޕޮއިންޓުންނެވެ.
މަހިބަދޫ ސްޕޯޓްސް ކުލަބާއި ރެޑްލައިން ކްލަބް ބައްދަލުކުރި ކުއާޓާގެ ފަހު މެޗު ރެޑްލައިން ކްލަބުން ކާމިޔާބުކުރީ 52-42 ޕޮއިންޓުންނެވެ.
ނެޓްބޯޅަ އެސޯސިއޭޝަން ކަޕް ކުރިއަށްދާނީ މި މަހުގެ ފަސްވަނަ ދުވަހުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.