ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާރ ފައިނަލަށް ދިޔަ ޓީމްތައް ކަށަވަރުވެއްޖެ

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޗިޕްގެ ތެރެއިން-- ފޮޓޯ / އެންއޭއެމް

މިހާރު ކުރިއަށްދާ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓާރ ފައިނަލުން ޖާގަ ހޯދި ޓީމްތައް ކަށަވަރު ވެއްޖެއެވެ.

އެ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ ޝައިނިންގ ސްޓާރ، ކްލަބް މެޓްރިކްސް، ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން، ފެންފުށީ ޒުވާނުންގެ ދިރުން، ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް، ރެޑްލައިން ސިޓީ، ރެޑްލައިން ކްލަބް އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

ރޭ ވަނީ އެ މުބާރާތުގައި ތިން މެޗެއް ކުޅެފައެވެ. ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނު މެޗުގައި މަހިބަދޫ ވަނީ ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބް 9-66 އިން ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެިރއަކީ އައިމިނަތު މާހިރާއެވެ.

ދެވަނަ މެޗުގައި ރެޑްލައިން ކްލަބް އަދި އޯލް ސްޓާރ ވާދަކުރިއިރު އެ މެޗު ރެޑްލައިން އިން ކާމިޔާބުކުރީ 108-19ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ލަޔާން އަލީ ރަޝީދެވެ.

ފަހު މެޗުގައި ޒެނިތު ސްޕޯޓްސް އަތުން ޝައިނިންގް ސްޓާރ މޮޅުވީ 44-33 ލަނޑުންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކީ ފާތިމަތު ސަނާ ޝަފީގެވެ.

އެ މުބާރާތުގެ ކުޅުން ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާއިރު ކުއާޓާ ފައިނަލްގެ މެޗުތައް ފަށާނީ މިއަދު ހަވީރު 15:15ގައެވެ.

comment ކޮމެންޓް