ގެފުޅުގެ އުރަކޮޅު މައްޗަށް އުފުލައިފި

ބައެއް ހައްޖުވެރިން ކައުބާގެ އުރަކޮޅު ހަލާކު ކުރާތީ، އުރަކޮޅު ތިން މީޓަރު މައްޗަށް އުފުލާފައި -- ފޮޓޯ: ސައުދީގެޒެޓު

މައްކާ (އޮގަސްޓް 9): ބައެއް ހައްޖުވެރިންގެ ސަބަބުން ކައުބާގެ އުރަކޮޅަށް ގެއްލުން ލިބޭތީ، އާއްމުކޮށް އުރަކޮޅު ހުންނަ ވަރަށް ވުރެ ތިން މީޓަރު މައްޗަށް އުފުލައިފި އެވެ.

ކައުބާ ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދި އެފެއާސް އޮފް ދި ޓޫ ހޮލީ މޮސްކްސް އިން ބުނި ގޮތުގައި އުރަކޮޅު އުފުލުމަކީ މިއަހަރުގެ ހައްޖު ޕްލޭންގެ ދަށުން ކުރި ކަމެކެވެ. އަދި އުރަކޮޅު އުފުލުމަށް ފަހު ގެފުޅުން ހާމަވާ ތަން ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައެވެ.

އެ އޮފީހުން ބުނި ގޮތުގައި ބައެއް ހައްޖުވެރިން އުރަކޮޅުން ފޮތިކޮޅެއް ގެންދިޔުމަކީ ނަސީބުވެރި ވާނެ ކަމެއް ކަމަށް ގަބޫލުކޮށް، އުރަކޮޅުން ފޮތިކޮޅުތައް ކަނޑައިގެން ގެންދެއެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށްވެސް އެއޮފީހުން ފާހަގަ ކުރިއެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖު މަހު ކައުބާގެ އުރަކޮޅު އާކުރެއެވެ. (ސައުދީގެޒެޓު)

comment ކޮމެންޓް