ހޮޓެލް ޖެންގެ ފަރާތުން އިންތިޒާމުކޮށްގެން ހުސްވި ރަމަޟާން މަހު ކުރިއަށް ގެންދިޔަ "ރަމަޟާން ކަރީމް" ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނުކޮށް އިނާމު ދީފި އެވެ.
ހޮޓެލް ޖެންގެ ލައިމް ރެސްޓޯރެންޓްގައި މިއަދު ހާވީރު ކުރިއަށް ދިޔަ އެ ހަފްލާގައި "ރަމަޟާން ކަރީމް" ނަސީބުވެރިން ހޮވާފައި ވަނީ ގުރުއަތުލައިގެންނެވެ. އެ ގުރުއަތުން އެއް ވަނަ ދިޔަ ހ. ރިއަލްނައިޓް ޝިޒްނީ ޝަރީފަށް ވަނީ ޔަމަހާ ޖީޓީ 125 ގެ ސައިކަލެއް ލިބިފަ އެވެ.

ހޮޓެލް ޖެންގެ ޕްރޮމޯޝަނުގެ އެއްވަނަ ފަރާތް، ޝިޒްނީ ޝަރީފް --- ސަންފޮޓޯ: މުހައްމަދު އަފްރާހު
ދެވަނައަށް ހޮވިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން ހުށައަޅާފައިވާ ދެމީހަކަށް އިންޑިއާގެ ޗެންނާއީގެ ދެކޮޅު ދަތުރު ލިބިލެއްވީ ސ. ހިތަދޫ، ހަންހާރަގޭ މުހައްމަދު ހަސީން ހަސަން (A-303112) އަށެވެ.

ހޮޓެލް ޖެންގެ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ، މުހައްމަދު ހަސީން ހަސަން --- ސަންފޮޓޯ: މުހައްމަދު އަފްރާހު
ތިންވަނައަށް ހޮވިގެން މޯލްޑިވިއަންގެ ފަރާތުން ހުށައެޅި ދެމީހަކަށް އިންޑިއާގެ ޓްރިވެންޑްރަމުގެ ދެކޮޅު ދަތުރުގެ ނަސީބުވެރި ފަރާތަކީ ގ. އަންތާރެސް، އިސްމާއިލް ވަހީދު އަށެވެ.

ތިންވަނަ އަށް ހޮވުނު އިސްމާއިލް ވަހީދަށް އިނާމު ހަވާލުކުރަނީ --- ސަންފޮޓޯ: މުހައްމަދު އަފްރާހު
އެ ޕްރޮމޯޝަނަކީ ހޮޓެލް ޖެންގެ ފަރާތުން ފާއިތުވި ހަތަރު އަހަރު ވެސް ކުރިޔަށް ގެންގޮސްފައިވާ ޕްރޮމޯޝަނެކެވެ.