ދިރާގު ބްރޯޑްބޭންޑުގެ ޚިދުމަތް ކ. އަތޮޅުގެ އިތުރު ދެރަށަކަށް

ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ގުރައިދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ކ. ދިއްފުއްޓާއި ކ. ގުރައިދޫއަށް ދޭން ފަށައިފިއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް އިންޓަނެޓް ސްޕީޑު ލިބޭ، އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.

ދިއްފުށްޓާއި ގުރައިދޫގައި އެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ދެރަށަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ތައާރަފްކޮށްފައެވެ. އެޕްރޮމޯޝަނުގެ ދަށުން ފައިބަރ ޚިދުމަތައް އެދޭފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ލ. ގަން، ލ. ފޮނަދޫ އަދި ބ. ދަރަވަންދޫގައެވެ.

comment ކޮމެންޓް