ޓެސްލާއިން އުފެއްދި އެންމެ އަގުހެޔޮ ކާރު ބާޒާރަށް ނެރެފި

ޓެސްލާ މޮޓާސްގެ މޮޑެލް 3ގެ ކާރެއް --- ފޮޓޯ: ރޮއިޓާސް

އިލެކްޓްރިކް ކާރު އުފެއްދުމަށް މަޝްހޫރު ޓެސްލާ މޮޓާސް އިން އެމީހުންގެ އެންމެ އަގުހެޔޮ ކާރު -ޓެސްލާ މޮޑެލް 3- އެމެރިކާގެ ބާޒާރަށް ނެރެފި އެވެ.

އެކާރުގެ ފުރަތަމަ 30 ކަސްޓަމަރުން ކަމުގައިވާ އެކުންފުނީގެ މުވައްޒަފުންނަށް ޓެސްލާ މޮޑެލް 3ގެ ކާރުތައް ވަނީ މިދިޔަ ހުކުރު ދުވަހު ލިބިފަ އެވެ.

ޓެސްލާ މޮޓާސްގެ ސީއީއޯ އެލަން މަސްކް ވިދާޅުވި ގޮތުގައި މިއީ އެމީހުން މިހާތަނަށް ނެރުނު އެންމެ ޚަރަދު ކުޑަ ކާރެވެ.

ޓެސްލާ މޮޑެލް 3ގެ ކާރެއްގެ މާކެޓް އަގަކީ 35،000 ޔޫއެސް ޑޮލަރެވެ.

މިއަގުގައި ޓެސްލާގެ މޮޑެލް 3ގެ ކާރުތައް އެމީހުންގެ އެންމެ އަގުހެޔޮ ކާރުގެ ލިސްޓަށް އެރިކަމުގައި ވިޔަސް އަދި ވެސް ނިޝާން ލީފް އަދި ޗެވްރޯލޭ ކޮލްޓްގެ އަގުތަކަށް ވުރެ ބޮޑެވެ.

ނިޝާންގެ ހައިބްރިޑް ލީފް މޮޑެލްގެ އަގު 30،680 ޔޫއެސް ޑޮލަރުގައި އުޅޭ އިރު ޗެވްރޯލޭގެ ކޮލްޓް މޮޑެލްތައް އެމީހުން ވިއްކަމުން ދަނީ 34،095 ޔޫއެސް ޑޮލަރަށެވެ.

ޓެސްލާ އިން އެމީހުންގެ މޮޑެލް 3ގެ ކާރު މި އަހަރު އުފެއްދުމަށް ހަމަޖެހިފައި ވަނީ ހަފްތާ އަކު 5000 ކާރު އަދި އަންނަ 2018 ވަނަ އަހަރު ހަފްތާއަކު 10،000 ކާރުގެ މަގުންނެވެ. އަދި ކުންފުނިން ހަބަރުދޭ ގޮތުގައި މިކާރު ދުނިޔޭގެ ބާޒާރުގައި އަންނަ އަހަރުގެ ކުރީކޮޅުގައި ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް