މައިކްރޯސޮފްޓް ވިންޑޯޒް އިން 'ޕެއިންޓް' އުނިކުރަން ނިންމައިފި

މައިކްރޯސޮފްޓް ވިންޑޯޒްގެ އިން-ހައުސް ގްރެފިކްސް ސޮފްޓްވެއާ ކަމުގައިވާ 'ޕެއިންޓް' އެކުންފުނީގެ އޯއެސްގައި ހިމެނޭ ސޮފްޓްވެއާ ލިސްޓުން އުނިކުރަން ނިންމައިފިއެވެ.

އެކުންފުނިން ނެރުނު ލިސްޓުގައި އައު އަޕްގްރޭޑްތަށް ނުވަތަ ޑިވެލޮޕް ކުރުން ހުއްޓާލާ ސޮފްޓްވެއާތަކުގެ ތެރޭގައި ޕެއިންޓްވަނީ ހިމެނިފައެވެ.

މައިކްރޯސޮފްޓްގެ 'ޕެއިންޓް' އަކީ 1985 ން ފެށިގެން އެމީހުން ނެރެމުންދިޔަ އޯއެސް އަޕްގްރޭޑްތަކުގައި ގަވައިދުން ހިމެނޭ އެއް ސޮފްޓްވެއާ ކަމުގައިވިޔަސް އެކަމަށް ނިމުން މިވަނީ އައިސްފައެވެ.

ނަމަވެސް ޕެއިންޓް ގެ ފަހުން ތައާރަފްކުރިި 'ޕެއިންޓް 3ޑީ' ލިބެން ހުންނާނެ ކަމަށްވެއެވެ.

މައިކްރޯސޮފްޓުން މީގެ ފަހުން ޑިވެލޮޕްކުރުން ހުއްޓާލާ ސޮފްޓްވެއާތަކުގެ ލިސްޓުގައި ޕެއިންޓްގެ އިތުރުން އެމީހުންގެ 'އައުޓްލުކް އެކްސްޕްރެސް މެއިލް ކްލައެންޓް' އަދި ރީޑާ އެޕް ހިމެނެއެވެ.

މިދެ ސޮޕްޓްވެއާ ވަކިން ޑިވެލޮޕްކުރުމުގެ ބަދަލުގައި އެމީހުންގެ އެންމެ ފަހުގެ ބްރައުޒާ ސޮފްޓްވެއާ ކަމުގައިވާ 'މައިކްރޯސޮފްޓް އެޖް' ގައި އިންޓަގްރޭޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައިކްރޯސޮފްޓުން ޕެއިންޓްގެ ޑިވެލޮޕްމެންޓް ހުއްޓާލާކަމުގައި އިއުލާނު ކޮށްފައިވާއިރު ގިނަބަޔަކު ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ޓްވިޓާފަދަ ސޯޝަލް މީޑިއާ 'ރިޕް ޕެއިންޓް' ފަދަ ހޭޝްޓެގްތަށް މިހާރު ގެންދަނީ ބޭނުންކުރަމުންނެވެ.

comment ކޮމެންޓް