ދޮގުހަދާކަން ފަޅާއަރާ ހިނދު ކުރެވިދާނެ ހަތަރު ކަމެއް

--- ފޮޓޯ: ގެޓީ އިމޭޖްސް

ތިބާ މަސައްކަތްކުރާ މާހައުލުގައި އުޅޭ އެކުވެރިން އަދި ރަށްޓެހިން ތިބާ އަށް ކޮންމެވެސް މިންވަރަކަށް ނަމަވެސް ހުންނާނީ ދޮގު ހަދައިފަ އެވެ. އަދި ތިބާއަށް އެއީ ކަނޑައެޅިގެން ދޮގުކަން އިނގި ހުރެ ތިބާ އެފަދަ ކަންތައްތަކާ އަޅާނުލާ ފަހަރުތަށް ވެސް މަދެއް ނުވާނެ އެވެ.

ދޮގު ހެދުމަކީ ރަނގަޅު އާދައެއް ނޫނެވެ. ނަމަވެސް މިއީ ތެދު ތެދަށް ބުނާ ނަމަ އެއްވެސް މީހަކު މީގެން އިސްތިސްނާ ނުވާ ކަމެކެވެ. ފަހަރުގައި މިހެން ބުނުމުން އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހިދާނެ އެވެ. އެކަމަކު ހަގީގަތަކީ އެއްވެސް މިންވަރަކަށް ދޮގެއް ނުހަދާ މީހަކު ނުހުންނާނެ ކަމެވެ. އެއީ ޚުދު އަޅުގަނޑުކަމުގައި ވިޔަސް ހެވޭ، ނަމަވެސް މިފަހަރު މިއުޅެނީ ދޮގު ހެދުމުގެ ނުރަނގަޅު އާދައާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ނޫނެވެ.

މިފަހަރު މިއުޅެނީ ތިބާ އަށް މީހަކު ދޮގުހަދާކަން އެނގޭ ހިސާބުން ތިބާ ކަންތައް ކުރާނެ ނުވަތަ ކުރެވިދާނެ ހަތަރު ކަމެއްގެ މައްޗަށް އަލިއަޅުވާލާށެވެ.

1. ދޮގުހަދާކަން ފަޅާއެރުމުން އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރުން

އިނގިރޭސީގައި އޮންނަ ހަރުބަހެއް ކަމަށްވާ 'އިގްނޮރެންސް އިސް ބްލިސް' ނުވަތަ އަޅާނުލުމަކީ އެންމެ ބޮލަށް ފަސޭހަ ގޮތެވެ. މިއީ ގިނަ ބަޔަކު އެއްބަސްވާނެ ކަމެކެވެ. ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ތިމާއާ އެކު އެއްތަނެއްގައި މަސައްކަތްކުރާ ތަނުން މީހަކު ދޮގު ހަދައިފިކަން ފަޅާ އެރުމުން ބައެއް ފަހަރު އެންމެ އައުލާކަން ބޮޑީ އަޅާނުލުމެވެ.

އެއީ ފަހަރުގައި އެފަދަ ކަމެއްގައި ތިބާ، ތިބާއާ އެކު މަސައްކަތްކުރާ އެކުވެރިޔާ ބޭޒާރުކޮށްލުމުން އޭގެ ނުކުމެދާނެ ނުރަނގަޅު ނަތީޖާއަކަށް ވިސްނައިފަ އެވެ. އެކުގައި މަސައްކަތްކުރާ އިރު އެކަކު އަނެކަކާ މޫނުކެނޑުމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ.

2. ދޮގުހެދިކަން ފަޅާއެރުމުން އެކަން ޖޯކަކުން ނުވަތަ ލުއިގޮތަކަށް 'އޮއްބާލާ'

ސަޅިކެނޑުން އެއީ އޮފީހެއްގެ ތެރޭގައި ވިއްޔާ ކުރާނެ ކަމެކެވެ. އެފަދަ ހާލަތެއްގައި ވެސް ތިބާގެ މަސައްކަތުގެ އެކުވެރިޔާ ދޮގު ހަދާކަން އިނގޭ ހިސާބުން ތިބާއަށް އެކަން ސަކަ ނުވަތަ މަޖާގޮތަކަށް 'އޮއްބާލެވިދާނެ އެވެ.'

އިނގިރޭސިން ބުނާ ނަމަ ސާކަސްޓިކް ރިމާކަކުން މިކަން ފުއްދާލެވިދާނެ އެވެ.

3. އެފަދަ ހާލަތެއްގައި ނޭނގޭ ކަމަށް ހެދުން

ފުރަތަމަ ޕޮއިންޓުގައި ފާހަގަ ކުރި 'އިގްނޮރެންސް އިސް ބްލިސް' އަނެއްކާ ވެސް މިއޮތީ މީގެ ތެރެއަށް ވަދެފަ އެވެ. ނަމަވެސްް މިފަހަރު ނޭނގޭކަމަށް ހަދާނީ އެކަންޏެއް ނޫނެވެ. މިފަދަ ހާލަތެއްގައި ދޮގުހަދާ ފަރާތާ ތިބާ ގިނަގިނައިން މައުލޫއާ ގުޅޭ ގޮތުން ކަންތައްތައް އޮޅުންފިލުވުމަށް ސުވާލުކުރާ ފަދައިން ސުވާލުކުރާށެވެ.

ގިނަ ފަހަރު މިހެން ކަންތައް ކުރުމުން ދޮގު ބޭޒާރުވާ ފަހަރުތައް ވެސް ގިނަ އެވެ.

4. ދޮގުހަދާކަން ފަޅާ އަރުވާލުން

މިއީ އެފަދަ ހާލަތަކަށް ގޮސްފި ހިނދެއްގައި ކުރުން އެންމެ ބުއްދިވެރި އެއްކަންތަކެވެ. މިސާލަކަށް ތިބާ އަށް މަޖިލިސް މެމްބަރެއް ނުވަތަ ސަރުކާރުގެ އިސް މަގާމެއްގެ މީހެއް ނުވަތަ ފިލްމު ސްޓާރެއް ނޫނީ ބޮޑު ވިޔަފާރިވެރިއެއް ފަދަ ފަރާތަކުން ހާޒިރުވާ 'ޓޯކް ޝޯވް' ފަދަ އެއްޗަކަށް އޯޑިއަންސް މެމްބަރެއްގެ ހައިސިއްޔަތުން ހާޒިރުވާން ލިބި، އެފަދަ ޝޯއެއްގައި މިދެންނެވުނު ފަދަަ ފަރާތަކުން ކަނޑައެޅިގެން ދޮގެއް ހެދިކަން ފަޅާއަރައިފި ދަނޑިވަޅެއްގައި އެކަން ބުނުން ގޯހަކަށް ނުވެދާނެ އެވެ. ފަހަރުގައި އެއީ އެފަދަ ދަނޑިވަޅެއްގައި ތިމާއަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

ތިބާގެ އޮފީހުގައި ވެސް ހަމަ ދޮގުހަދާ މީހުން ތިއްބާ ނުކުރާ ކަމެއްގައި ތިބާ ބައްސަން އުޅެފާނެ އެވެ. މިއީވެސް ތިބާއަށް ދޮގުވެރިޔާގެ ދޮގު ބޭޒާރު ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

މައުލޫމާތު: ސީއެންބީސީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު