ވެމްކޯއިން ފުވައްމުލަކުގައި ކުނިއުކާލުމުގެ ހިދުމަތް ފަށަނީ

ގއ. ވިލިގިލީގައި މިހާރު ކުރިއަށްދާ "ސާފުރާއްޖެ ސަރަހައްދީ މަހާސިންތާ 2017" ގެ ތެރެއިން

ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފުވައްމުލަކުގައި ކުނިއުކާލުމުގެ ހިދުމަތްދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގއ. ވިލިގިލީގައި މިހާރު ކުރިއަށްދާ "ސާފުރާއްޖެ ސަރަހައްދީ މަހާސިންތާ 2017"ގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވިގޮތުގައި ކުނިއުކާލުމުގެ ހިދުމަތްދިނުމަށްޓަކައި ވެހިކަލްތައް މިއަންނަމަހު ގެންދާނެއެވެ.

" ވަރަށް އަވަހަށް ފުވައްމުލަކުގައި ވޭސްޓް މެނޭޖްމަންޓުން ކުނި ނަގަން ފަށާނެ. އަންނަ މަހު ވެހިކަލްތައް އަންނާނެ. ބައެއް ވެހިކަލްތައް ފުވައްމުލަކަށް ގެންދެވިފައިވަނީ " ޝިފާއު ވިދާޅުވިއެވެ.

ކުނި އުކާލުމުގެ ހިދުމަތް ފުވައްމުލަކުގައި ދޭން ތައްޔާރުވަމުން އަންނައިރު އެހިދުމަތަށް އެދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ވެމްކޯއިން ވަނީ އައްޑުއަަތޮޅުގެ ހުރިހާ ރަށަކުންވެސް ކުނި އުކާލުމުގެ ހިދުމަތް ދޭންފަށައިފައެވެ. ޥެމްކޯއިން ހާމަކުރިގޮތުގައި ކުނި ނަގައިދިމުގެ ހިދުމަތަށް އައްޑޫއިން ވަނީ 2000 އަށްވުރެ ގިނަ ފަރާތްތަކުން ރަޖިސްޓްރި ކޮށްފައެވެ. އޭގެ ތެރޭގައި ގޭބިސީ ތަކުންނާއި ކޮމާޝަލް ތަންތަންވެސް ހިމެނެއެވެ.

comment ކޮމެންޓް