އެސްޓީއޯ ސުޕަމާޓް ރަމަޟާން ބާޒާރުގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ރަމަޟާން ބާޒާރުގެ ނަސީބުވެރިން ހޮވުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން އެސްޓީއޯ ސުޕަމާޓުން ކުރިޔަށް ގެންދިޔަ "ރަމަޟާން ބާޒާރު" ޕްރޮމޯޝަނުގެ މިއަހަރުގެ ނަސީބުވެރިން ހޮވައިފިއެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު ފެށި އެސްޓީއޯ ރަމަޟާން ބާޒާރުގެ ނަސީބުވެރިން ހޮވުމަށް މިއަދު އެސްޓީއޯ ސުޕަމާޓުގައި ޚާއްސަ ހަފްލާއެއް ބޭއްވިއެވެ.

މި ޕްރޮމޯޝަނުގެ އެއްވަނަ ނަސީބުވެރިއަކަށް ހޮވުނީ ސިނަމާލެ 2-1102، ހުސައިން ފަރިޔާދެވެ. އޭނާއަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭ، 25،000 ރުފިޔާގެ ވައުޗަރެއް ވަނީ ލިބިފައެވެ.

ދެވަނަ ނަސީބުވެރިއަކަށް ހޮވުނު ގ. ހިލްމަން، އަހްމަދު ނަޝީދަށް 15،000 ރުފިޔާގެ ޝޮޮޕިންގް ވައުޗަރެއް ލިބޭ އިރު، ތިންވަނައަށް ހޮވުނު ގ. އައިމާ، އަހްމަދު ލަތީފަށް 12،000 ރުފިޔާގެ ވައުޗަރެއް އެސްޓީއޯ ސުޕަމާޓުން ލިބޭނެއެވެ.

މި ޕްރޮމޯޝަނު ކުރިޔަށް ދިޔަ މުއްދަތުގައި، ކޮންމެ 300 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައިވާ އިރު، ކޮންމެ ހަފްތާއަކުވެސް ވީކްލީ ޝޮޕިންގް ވައުޗާސް ދޫކޮށްފައިވެއެވެ.

comment ކޮމެންޓް