ވެލާނާ އެއާޕޯޓުން ޖެޓްފިއުލް ވިިއްކާ އަގު ހެޔޮކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓްފިއުލްގެ އަގު ހެޔޮކޮށްފިއެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ، ޖެޓްފިއުލްގެ އަގަށް ބަދަލު ގެނައީ ތެލުގެ ޑިއުޓީ ސަރުކާޜުން ކުޑަކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އެހެންކަމުން ޖުލައި އެއްވަނަ ދުވަހުން ފެށިގެން ވެލާނާ އެއާޕޯޓުން ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ ކެރިއަރުތަކަށްވެސް ތެޔޮ ވިއްކަމުން އައީ ހެޔޮ ރޭޓުގައި ކަމަށް އެކުންުނިން ބުނެއެވެ.

މީގެ ކުރިން ވެލާނާ އެއާޕޯޓުން ޑޮމެސްޓިކް ފްލައިޓުތަކަށް ޖެޓްފިއުލް ވިއްކީ ލީޓަރަކަށް 0.74627 ޑޮލަރަށް (11.5 ރުފިޔާ)އަށެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓޫތަކަށް ޖެޓްފިއުލް ވިއްކޯ ލީޓަރަކަށް 0.71610 ޑޮލަރަށް (11.04 ރުފިޔާ)އަށެވެ. އެހެން ނަމަވެސް ޖުލައި އެކަކުން ފެށީގެން ވެލާނާ އެއާޕޯޓުން ޖެޓްފިއުލް ވިއްކާނީ ޑޮމެސްޓިކް ފްލައިޓުތަކަށް ލީޓަރަކަށް 0.69835 ޑޮލަރަށެވެ. އެއީ 10.768 ރުފިޔާއެވެ. އަދި ބައިނަލްއަގުވާމީ ކެރިއަރުތަކަށް ލީޓަރެއް 0.69303 ޑޮލަރަށް (10.686 ރުފިޔާ)އަށެވެ.

ތެލުގެ ޑިއުޓީ ކުޑަކުރުމާ އެކު އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސެލްގެ އަގުވެސް މިދިޔަ މަހުގެ ތެރޭގައި ހެޔޮކޮށްފައެވެ.

ރާއްޖޭގައި ކަރަންޓު އުފައްދާ ފެނަކަ އަދި ސްޓެލްކޯއަށް ތެޔޮ ސަޕްލައިކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމާ ގުޅިގެން ސަަރުކާރުން ވަނީ ކަރަންޓުގެ އަގުވެސް ހެޔޮކޮށްފައެވެ.

comment ކޮމެންޓް