ބޮކޯހަރަމުން ނައިޖަރުގެ ސަހަރަކުން މީހުންތަކެއް މަރާލައި އަންހެނުންތަކެއް ރަހީނުކޮށްފި

ބޮކޯހަރަމްގެ ހަނގުރާމަވެރިންތަކެއް

ނައިޖީރިއާގެ ބޮކޯހަރަމުން ނައިޖަރުގެ ބޯޑަރުކައިރި ސަހަރަކަށް ހަމާލާތަކެއް ދިނުމަށްފަހު އެސަހަރުން އަންހެނުންތަކެއް ވަގަށް ނަގައިފި އެވެ. ނައިޖީރިއާގެ ސިފައިން މިހާރު ވަނީ އެ އަންހެނުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ނައިޖަރުގެ ލޯކަލް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެ ހަމަލާތައް ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުއެވެ. ޖަމަލުގައި ބޮކޯހަރަމްގެ ހަނގުރާމަވެރިން ނައިޖަރުގެ ޝަހަރަށްވަދެ ވަނީ އެ ޝަހަރުގެ މީހުންގެ ކަރުތައް ބުރިކޮށްލާފައެވެ.

"ބޯކޯހަރަމްއިން އައިގޮތަށް އައިސް ނުވަ މީހުންގެ ކަރު ބުރިކޮށްލި. އެއައްފަހު 37 އަންހެނުން ރަހީނުކޮށްގެން އެމީހުން ހިނގައްޖެ،" ދިފާސަރަހައްދުގެ ގަވަރުނަރު ލައުއަލީ ސްޓޭޓް ޓިވީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"ސިފައިން މިހާރު އެ އަންހެނުންތައް ހޯދުމުގައި ހަރަކާތްތެރިވަނުން ދަނީ. އުއްމީދު ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުން ހޯދައި މިނިވަން ކުރެވޭނެ ކަމަށް،" ގަވަރުނަރު ވިދާޅުވިއެވެ.

ބޮކޯހަރަމަކީ އައިއެސް ފަދަ ހައްދުފަހަނައަޅައިފައިވާ ޖަމާއަތެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެފައިވާ ބައެކެވެ. ދެހާސްނުވަ ވަނަ އަހަރު ބޮކޯހަރަމްގެ ހަމަލާތައް ދޭން ފެށިފަހުން އެތައް ހާސްބަޔަކު މަރުވެ އަދި ދެ މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

comment ކޮމެންޓް