އިންޑިއާގެ މުސްލިމް އާއިލާއަކަށް "ޖައި ޝްރީ ރާމް" ކިޔަން މަޖުބޫރުކޮށްފި

އިންޑިއާގެ ހަރުކަށި ހިންދޫންގެ ޖަމާއަތެއް ކަމަށްވާ ބަޖްރަންދާލްގެ އެކްޓިވިސްތުން މުޒާހަރާއެއްގެ ތެރެއިން

އިންޑިއާގެ މަޝްހޫރު ނިއުސް ޓީވީއެއް ކަމަށްވާ އެންޑީ ޓީވީގައި މަސަކަތްކުރާ މުސްލިމް ނޫސްވެރިއެއް ކަމަށްވާ އަތުހަރުއްދީންގެ އާއިލާއަށް ހަރުކަށި ހިންދޫގެ ގްރޫޕެއެއް ކަމަށްވާ ބަޖްރަންގްދާލް އިން "ޖައި ޝްރީރާމް" ކިޔަން މަޖުބޫރުކުރި ކަމަށް އިންޑިއަން އެކްސްޕްރެސް އިން ބުނެފި އެވެ.

ައަދި އެހެން ނުކިޔައިފި ނަމަ އެ އާއިލާގެ މެމްބަރުން ދުއްވަމުން ދިޔަ ކާރުގައި ރޯކޮށްލާނޭ ކަމުގެ އިންޒާރުދިން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"ޖައި ޝްރީ ރާމް"އަކީ ހިންދޫން ރާމް ކަލާނގެ މަތިވެރިކަމަށް ދައުވާކޮށް އާންމުކޮށް ހިންދީ ދީނުގެ މީހުން ބުނެ އުޅޭ ބުނުމެކެވެ.

އަތުހަރުއްދީން ކިޔައިދިން ގޮތުގައި އޭނާ އަށް އެ ހާދިސާ ދިމާވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އާއިލާއާ އެކު މުޒައްފަރު އާބާދަށް ކާރުގައި ދަތުރު ކުރަމުންނެވެ.

"އެމީހުން އައީ ދަނޑިބުރި ހިފައިގެން. އަހަރުންގެ އަންހެނުން ހުރީ ބުރުގާ އަޅައިގެން. އަދި ބައްޕަގެ ތުނބުޅިއެއް ވެސް ހުރި. އަހަރުމެންނާ ދިމާ އަށް އައިގޮތަށް އައިސް ޖައި ޝްރީ ރާމް ބާރަށް ކިޔަމުން ދިޔަ. އަދި ބާރާށް ޖައި ޝްރީ ރާމް ކިޔުމަށް ބުނި. އަދި ނުކިޔައިފި ނަމަ ކާރު ރޯކޮށްލޭނޭ ކަމަށް ބުނި. އަހަރުމެން ބިރުން އެހެން ކިން. ދެން އެމީހުން އަހަރެމެން ދޫކޮށްލައިފި." އަތުހަރުއްދީން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ އިންޑިއާގައި ބީޖޭޕީ އިން ވެރިކަމަށް އައިފަހުން މުސްލިމުންނަށްދޭ ހަމަލާތައް އިންޑިއާގައި ވަނީ ވަރަށް ބޮޑަށް އިރުރުވެފަ އެވެ. ބޮޑުވަޒީރު ނެރަންދުރަ މޯދީ އަކީ ވެސް 2001 ވަނަ އަހަރު ގުޖުރާތުގައި މުސްލިނުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމެރިކާ އިން ވަނީ ގުޖުރާތުގެ ހާދިސާގައި މޯދީ ކުޅުނު ރޯލުގެ ސަބަބުން މޯދީއަށް ޑިޕްލޮމެޓިކް ވިސާ ދިނުމަށް ވެސް ދެކޮޅު ހަދައިފަ އެވެ.

comment ކޮމެންޓް