ބިޔަރު ދަޅުތަކަކާއެކު މާފުށިން މީހަކު ހައްޔަރުކޮށްފި

މާފުށިން ހައްޔަރުކުރި މީހާއާއެކު އަތުލައިގަތް ބިޔަރު ދަޅުތައް --- ފޮޓޯ/ ފުލުހުން

ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ކ. މާފުށިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 12:37 ހާއިރު އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މާފުށި ބަނދަރުމަތިން އޭނާ ހައްޔަރުކުރީ 15 ބިޔަރު ދަޅާއެކުއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން 13 ދުވަސް ވަނީ ޖަހާފައެވެ.

މިއަހަރުގެ ފިތުރު އީދު ޗުއްޓީއަށް ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްރަށަށް ފުރައިގެން ދިޔައިރު، ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ މާފުއްޓަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވެ އެވެ.

comment ކޮމެންޓް