ޗައިނާގެ ރައީސަށް، ރައީސް ތައުޒިޔާ ފޮނުއްވައިފި

ރައީސް ޔާމީން -- ފައިލް ފޮޓޯ

ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި ހިނގި ބިންގަނޑު ފޭބުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެންލުން ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ޗައިނާގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރި ހަމްދަރުދީ އާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ.

comment ކޮމެންޓް