ބްރޮކޮލީ އަކީ އޭގައި ތަފާތު ވިޓަމިންސް އަދި މިނަރަލްސް އިން މުއްސަނދިވެފައިވާ، ސިއްހަތަށް ވަރަށް ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ. މީގައި ގިނައަދަދަކަށް ކެލްސިޔަމް، އަޔަން، ވިޓަމިން އޭ، ޕްރޮޓީން އަދި ވިޓަމިން ސީ ވަރަށް ގިނައިން ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބަލިތާކާއި ކެންސަރު އަދި ޖަރާސީމް އަށަގަތުމުން ދުރުކޮށްދޭ އެންޓި އޮކްސިޑެންޓް ވަރަށް ގިނައިން ހިމެނެއެވެ.
އެމެރިކަން ސޮސައިޓީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ބްރޮކޮލީގައި ހިމެނޭ ފައިޓޯކެމިކަލްސްބައިގައި ކެންސަރުން ދުރުކޮށްދޭ މާއްދާހިމެނެއެވެ. އޭގެ ތެރޭގައި އެންޓި ކާސިނޮޖެންއެއްކަމަށްވާ އިންޑޯލް-3 ކާބިނޯލް ހިމެނެއެވެ. މިއީ އުރަމައްޗާއި އަދި ޕްރޮސްޓޭޓެ ކެންސަރުންދުރުކޮށް ދޭ އެއްޗެކެވެ.
ބްރޮކޮލީއަކީ އޭގައި ގިނަ އަދަަދަކަށް ޕޮޓޭސިޔަމް ހިމެނުމާއެކު ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި އެހީވެދެއެވެ. އެހެންކަމުން ކޮލެސްޓްރޯލާއި އަދި ލޭގެ ޕްރެޝަރު މާ މަތިނަމަ ދައްކޮށްދިނުމުގައި ބްރޮކަލީއަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.
ބޭނުންވާނޭ ތަކެތި
- 100 ގްރާމް ތާޒާ ބްރޮކޮލީ
- 100 އެމްއެލްގެ ފެން
- 2 މޭޒުމަތީ ސަމުސާގެ ލުނބޯހުތު ފަނި
- އެއް މޭޒުމަތީ ސަމުސާގެ މާމުއި
- އެއް ފެހި އާފަލު
ހައްދަވާނޭ ގޮތް
- ރަނގަޅަށް ދޮވެލުމަށްފަހު އާފަލާއި އަދި ބްރޮކަލީ ކުދިކުދިކޮށް ކޮށާލާށެވެ.
- ދެން ހުރިހާ އެއްޗެތި މިކްސްޗަރަށް އަޅާލައި އަދި ރަނގަޅަށް ގިރައިލާށެވެ.
- އެއަށްފަހު ޖޫސް ޖޯޑަކަށް އަޅައިލާށެވެ.
މިއީ ރޯދަވީއްލާ ގަޑިއަށްވެސް ވަރަށް ކަމުދާނެ ބުއިމެކެވެ.