ވެކޭޝަންސް އެކްސްޕޯގެ ޓްރެވަލް އިންޝުރެންސް ޕާޓްނަރަކަށް އަމާނާ ތަކާފުލް!

އަމާނާ ތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯގެ ދެ ވަނަ އެޑިޝަންގެ ޓްރެވަލް އިންޝުރެންސް ޕާޓްނަރަކަށް އަމާނާ ތަކާފުލް ހަމަޖައްސައިފި އެވެ.

މިއަހަރުގެ ވެކޭޝަންސް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ.

އެ މައުރަޒަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާ އެވެ. އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެ އާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓް ހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީ ވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަމާނާ ތަކާފުލްއިން ބުނި ގޮތުގައި ޓްރެވަލް އިންޝުރެންސް ޕާޓްނަރަކަށް ވުމުގެ އިތުރުން މައުރަޒުގެ ތެރެއިން ބޮޑެތި އިނާމުތަކެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މައުރަޒު އޮންނަ ކޮންމެ ދުވަހަކު މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ނަގާ ލަކީ ޑްރޯއަކުން ހޮވޭ ކޮންމެ ވެސް އެއް ފަރާތަށް އެއް އަހަރު ދުވަހުގެ ޓްރެވަލް އިންޝުރެންސްގެ ޕެކޭޖެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. ތިން ދުވަސް ތެރޭ ޖުމްލަ ތިން ޕެކޭޖު އެގޮތަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިވެހިންނަކީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ވަރަށް ގިނައިން ދަތުރުކުރާ ބައެކެވެ. އެގޮތުން އެކުންފުނީގެ ޓްރެވަލް އިންޝުރެންސް ޕެކޭޖުތައް ޕްރޮމޯޓު ކުރުމާއި އެ ޕެކޭޖުތަކާ ގުޅޭ މައުލޫމާތު މައުރަޒުގެ ތެރެއިން ފޯރުކޮށްދޭނެ އެވެ.

އަމާނާ ތަކާފުލަކީ ރާއްޖޭގައި މިވަގުތު އެންމެ ރަނގަޅު ޓްރެވަލް އިންޝުރެންސް ޕެކޭޖުތައް އެންމެ ރަނގަޅު ޕްރިމިއަމެއްގައި ފޯރުކޮށްދޭ އިންޝުރެންސް ކުންފުންޏެވެ.

އެ ކުންފުނީގެ "ޓްރެވަލް ޕާލް" ޕެކޭޖު ނަގާ ކޮންމެ ފަރާތަކަށް ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކު އެއާޕޯޓުގެ އެގްޒެކެޓިވް ލޯންޖުގައި މަޑު ކުރެވޭނެ އޮންތިޒާމު އޮވެއެވެ.

comment ކޮމެންޓް