މީހެއްގެ ކަންފަތުން ފައިދިގު މަކުނެއް ނަގައިފި

ބެންގަލޫރު އަންހެން މީހާގެ ކަންފަތުން ނުކުތް ފައިދިގުމަކުނު ---

ބެންގަލޫރު އަންހެނެއްގެ ބޯ މާބޮޑަށް އަނބުރާތީވެ، އެންމެ ފަހުން ބެލިބެލުމުން އޭގެ އަސްލަކަށްވީ ކަންފަތު ތެރޭގައި އޮތް ފައިދިގުމަކުނެކެވެ. އޭރު ވެސް އޭތި އޮތީ ދިރިދިރި އެވެ. ޔޫޓިއުބުގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ކުޑަކުޑަ ފައިދިގުމަކުނު ކަންފަތުގެ ތެރެއިން ނުކުންނަ މަންޒަރު ވަރަށް ރީއްޗަށް ފެނެ އެވެ.

އިންޑިއާގެ ލަކްޝްމީ ކިޔާ އަންހެނަކާ ހަވާލާދީ ޑެއިލީމެއިލް އިން ބުނި ގޮތުގައި މެންދުރު އޭނާ ކުޑަކޮށް ނިދާލުމަށް ފަހު ހޭލެވުނު އިރު ހުރީ ވަރަށް ބޮޑަށް ބޮލުގައި ރިއްސައި، އަދި ކަންފަތުން އުނދަގޫތަކެއްވެފަ އެވެ. އަންހެން މީހާ ޑޮކްޓްރުން ކައިރީބުނި ގޮތުގައި އޭނާ ކަންފަތުގެ ތެރެޔަށް ކުޑަކޮށް އިނގިލި ލުމާ އެކު މާބޮޑަށް ތަދުވާން ފެށުމުން އޭނާގެ ދަރިފުޅުކައިރީ ބައްތިއަކުން އަލިކޮށް ކަންފަތް ބަލާލުމަށް އެދުނެވެ. އެއަށް ފަހު ލަކްޝޮމީގެ ފިރިމީހާ ވަނީ އެއަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ލަކްޝްމީ ބެލި ޑޮކްޓަރުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ކަންފަތުގެ ތޫރި ތެރޭ އޭރު ވެސް ފައި ދިގުމަކުނު އޮތީ ހަމަދިރިދިރި އެވެ. ހޮސްޕިޓަލުގެ ޑޮކްޓަރެއްކަމަށްވާ ޑރ. ސަންތޯޝް ބުނި ގޮތުގައި ކަންފަތަށް ތަފާތު އެއްޗެތި ވަދެގެން ހޮސްޕިޓަލަށް އައުމަކީ ވަރަށް އާންމުކަމެކެވެ. އަދި މިފަދަ ތަކެތި ނެގުމަކީ ވަރަށް ފަސޭހަކަމެކެވެ. އެހެންނަމަވެސް ދިރޭއެއްޗެއް ކަންފަތްތެރެޔަށް ވަދެއްޖެ ނަމަ އެނެގުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ ޕޭޝެންޓު މާބޮޑަށް ހާސްވެ ތެޅޭތީވެ ކަންފަތުން އެއެތި ނެރެން އުނދަގޫވާތީ އެވެ.

ސަންތޯޝް އިތުރަށް ބުނި ގޮތުގައި ކަންފަތުން ފައިދިގުމަކުނެއް ފެނުމަކީ ވަރަށް މަދުން ނޫނީ ފެންނަ ކަމެއް ނޫނެވެ. ޑޮކްޓަރުން ވަނީ ފައިދިގަމަކުނު ނެރުމަށް ޓަކައި ފުރަތަމަ ދިޔާބޭހެއް ކަންފަތުގެ ތެރެޔަށް އަޅައިފަ އެވެ.

"އަހަރެން ވަރަށް ބިރުގަތް. އޭރު އަހަންނަށް އޭތި ކަންފަތުގެތެރެއިން ނުކުންނަ އިހުސާސް ވަމުންދިޔަ." މިރާނޫހާ ހަވާލާދީ ލަކްޝްމީ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު