ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފީއަލިން މީހަކު ހައްޔަރުކޮށްފި

ފ. ފީއަލިން ހައްޔަރުކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި --- ފޮޓޯ/ ފުލުހުން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފ. ފީއަލިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރީ ފ. ފީއައްޔަށް ކައިރިކުރި ފެރީއެއްގެ ތެރެއިންނެވެ. ހައްޔަރުކުރި މީހާއަކީ 39 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ދޯނީގައި އިން ތަން ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 65 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ނިލަންދޫ ކޯޓުން ވަނީ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.

comment ކޮމެންޓް