ޝުކޫރު ވަކިކޮށް ސްޓެލްކޯގެ އެމްޑީކަމަށް ޒުހޫރު އައްޔަންކޮށްފި

އަހުމަދު ޒުހޫރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން އަބްދުއްޝަކޫރު ސާލިހު ވަކިކޮށް، އެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ އިތުރު މަގާމަކަށް ޝަކޫރު އަދި އައްޔަން ކޮށްފައިނުވާ ކަމަށެވެ.

ޒުހޫރަކީ މި ސަރުކާރުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރު ކަމުގެ އިތުރުން ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޒުހޫރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ދައުރެއްގައި އެންމެ ގިނަ މިނިސްޓްރީތަކުގެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅާއެވެ.

comment ކޮމެންޓް