ފްލައިމީގެ ފްލީޓަށް އާ ބޯޓެއް!

ފްލައިމީން ގެނައި އާ ބޯޓު -- ފޮޓޯ/ މޯލްޑިވިއަން ޕްލޭން ސްޕޮޓާސް

ވިލާ އެއާގެ ދަށުން ހިންގާ ފްލައިމީ އެއާލައިނުގެ ފްލީޓަށް 52 ސީޓުގެ އާ ބޯޓެއް ގެނެސްފިއެވެ.

ފްލައިމީގެ ފްލީޓަށް އަލަށް ގެނެސްފައި ވަނީ އޭޓީއާރު 42 500 މަރުކާގެ ބޯޓެކެވެ. އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ރޭގެ ވަގުތެއްގަ އެވެ.

ފްލައިމީގެ އުދުހުންތަކުގައި މިހާރުވެސް ދެ ބޯޓު ބޭނުން ކުރެއެވެ. އެއީ އޭޓީއާރު 72 500 މަރުކާގެ ދެ ބޯޓެވެ. އޭޓީއާރު 42 މަރުކާރުގެ ބޯޓެއް ފްލައިމީން މިގެނައީ މުޅިން އަލަށެވެ.

ފްލައިމީއަކީ ވިލާ ގްރޫޕުން ހިންގާ އެއާލައިނެކެވެ. އެ އެއާލައިނުގެ އުދުހުންތައް ފެށީ 2011 ވަނަ އަހަރުގެ މާޗް މަހު އެވެ.

ފްލައިމީގެ ދަތުރުތައް ކޮންމެ ދުވަހަކު ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާއިރު ކޮންމެ ހަފްތާއަކު އދ. މާމިގިއްޔާއި ބ. ދަރަވަންދޫއަށް އެ އެއާލައިނުގެ ޝެޑިއުލްޑް ފްލައިޓުތައް އޮވެ އެވެ.

comment ކޮމެންޓް