އުރީދޫ ރޯދަ ޕްރޮމޯޝަން: ކޮންމެ ހަފްތާއަކު އަގު ބޮޑު އިނާމުތަކެއް!

އުރީދޫ ރޯދަ ޕްރޮމޯޝަންގެ ޕޯސްޓަރު ---

ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާއާ އެކު، ރަމަޟާން މަސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އުރީދޫ އިން މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ ލަކީ ޑްރޯއެއް ފެށިގެންދާނެ އެވެ.

ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ އެ ލަކީ ޑްރޯ އަކީ، އުރީދޫގެ ހުރިހާ އެކްޓިވް ކަސްޓަމަރުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ލަކީ ޑްރޯއެއް ކަމަށްވާއިރު އެ ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންވެސް ހިމެނިގެންދާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އެޗްއައިއެޗްއިން ހަތަރު މީހުންގެ ރޯދަ ވީއްލުމުގެ އިތުރުން، އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ބަދިގެ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ބައިސްކަލް، އަދި ސެމްސަންގ ގެލެކްސީ އެސް8 ވެސް ހިމެނެ އެވެ.

އެންމެ ޚާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ފަރާތަކަށް، ދެބޭފުޅުންގެ ދެރޭގެ ހުރުމާއިއެކު މެލޭޝިއާ ދެކޮޅު ޓިކެޓު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ރަމަޟާންމަހު އުރީދޫގެ ޚިދުމަތްތައް ބޭނުންކޮށްގެން، ފައިދާހުރި އިނާމުތަކެއްވެސް ލިބިގެންދާނެއެވެ. އެގޮތުން ރީޗާޖްކުރުމުން، ނުވަތަ އެމްފައިސާ އަށް ރެޖިސްޓަރ ކުރެއްވުމުން، ކަސްޓަމަރުންނަށް ގިފްޓް ކޯޑެއް ލިބިގެންދާނެއެވެ. މި ގިފްޓް ކޯޑު އެސްއެމްއެސް މެދުވެރިކޮށް "4433" އަށް ފޮނުއްވައިގެން، ފަސޭހަކަމާއި އެކު ހިލޭ ޑޭޓާ އަދި އާއިލާ އާއި ރައްޓެހިންނަށް ކޯލް ކުރެއްވުމަށް ހިލޭ މިނިޓް ލިބިލައްވާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

  • އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
  • ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “BuyTune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
  • އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
  • އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތްވެސް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.

މި ޚިދުމަތްތައް ހިލޭ ލިބޭއިރު އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ތިއޭޓަރ ޕެކޭޖާއެކު، ހަންގާމާ ޕްލޭ އަދި އީރޯސް ނައު މެދުވެރިކޮށް އެންމެ 149 ރުފިޔާ ނުވަތަ 349 ރުފިޔާއަށް ފަހުގެ ފިލްމުތައް ބަލާލެވޭނެއެވެ. މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް، *929*19# އަށް ގުޅާލައްވާށެވެ.

comment ކޮމެންޓް