ތިމާވެށިގެ ނަސްލު ހަލާކުވެގެންދަނީ އަހަރަމެންގެ އިހުމާލުން: މުޙައްމަދު ޒާހިރު

އިންޓަނޭޝަނަލް ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމަށް އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ފަޔާޒު މޫސާ

ތިމާވެށިގެ ނަސްލު ހަލާކުވެގެންދަނީ "އަހަރަމެންގެ އިހުމާލުން" ކަމަށާއި ތިމާވެށި ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެންވަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވެއްޖެ އެވެ.

ޒާހިރު ވިދާޅުވީ ގެއްލިގެންދާ ކޮންމެ ގަހެއް ގެއްލިގެން ދަނީ އަޅުގަނޑުމެންގެ އިހުމާލުން ކަމަށާއި ދުނިޔޭގައި ކޮންމެ ހަފްތާއެއްގެ ތެރޭގައި މަދުވެގެން ހަތަރު ބާވަތް އެއީ ކޮން ބާވަތެއްކަން ނޭނގި ނެތިގެންދާ ކަމަށެވެ.

އިންޓަނޭޝަނަލް ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމަށް އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޓަނޭޝަނަލް ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމަށް އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ

މިނިސްޓަރު ތާރިގު ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމަކީ ރާއްޖޭގެ މައިގަނޑު މަސައްކަތްތައް ކަމަށާއި މި ދާއިރާތަކަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތިމާވެއްޓެއް ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ ފަތުރުވެރިން ބޭނުންވަނީ ހިމާޔަތްކޮށްފައިވާ ސާފު ތިމާވެއްޓެއް، އެހެންކަމުން ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރަންޖެހޭ،" ތާރިގު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި، ރާއްޖޭގެ ތިމާވެއްޓާ ބެހޭ ގޮތުންނާއި ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް "މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް"ގެ ނަމުގައި ވެބްސައިޓެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ.

މިއަހަރުގެ ބަޔޯޑައިވަސިޓީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ބަޔޮ ޑައިވަސިޓީ އެންޑް ސަސްޓެއިނަބަލް ޓުއަރިޒަމް" އެވެ.

comment ކޮމެންޓް