އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންފި

އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ރައީސް ޔާމީން-- ފޮޓޯ/ ރައީސް އޮފީސް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފި އެވެ.

އެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ެއެ ސަމިޓްގެ މަޤުޞަދަކީ، ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާއާ ގުޅިގެން، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެލަޔަންސެއް އުފެއްދުމަށް ބޭއްވި ސަމިޓެކެވެ.

އެ ސަމިޓުގައި ޢަރަބި އިސްލާމީ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް