ސަން ފްރަންޓް ފުރަގަހުގައިި ތަރައްގީ ކުރި ޕާކް ހުޅުވައިފި

ސަން ފްރަންޓް ފުރަގަހުގައިި ތަރައްގީ ކުރި ޕާކު ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މަޖީދީމަގުގައި ހުންނަ މަޝްހޫރު ފަރުނީޗަރު ފިހާރަ، ސަން ފްރަންޓް ފުރަގަހުން ކުރީގެ މާކަރީލައިޓް ހޮޓާ ހުރި ސަރަހައްދުގައި ތަރައްގީކުރި ޕާކް މިއަދު ހުޅުވައިފިއެވެެ.

މާލޭގައި ހުންނަ ހުސްބިންތައް ތަރައްގީކޮށް އެތަންތަނަަކީ ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިއަދު ހުޅުވި ޕާކާއި ރަސްފަންނު ހިމެނޭ ގޮތަށް މާލޭގައި ނުވަ ޕާކެއް ވަނީ ތަރައްގީކޮށް ހުޅުވާފައެވެ.

ސަން ފްރަންޓް ފުރަގަހުގައިި ތަރައްގީ ކުރި ޕާކު ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މާވެޔޮ މައިޒާންގެ ނަމުގައި މިއަދު ހުޅުވި ޕާކަކީ ސަން ފްރަންޓްގެ އެހީތެރިކަމާއެކު ތަރައްގީ ކުރި ޕާކެކެވެ.

މިއަދުގެ ޕާކް ހުޅުވުމަށް ބޭއްވި ކުޑަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި ތަރައްގީ ކުރަން ބޭނުންވާ ސަރަހައްދުތައް އަދިވެސް އެބަހުރި ކަމަށެވެ.

އެހެންކަމުން ސަން ފްރަންޓް ފަދައިން ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުން ހިންގާ މަޝްރޫއަށް އެއްބާރުލުންދީ މާލޭގައި މަޝްރޫއުތައް ހިންގުމަށް މުއިއްޒު ވަނީ ދައުވަތު ދެއްވާފައެވެ.

ސަން ފްރަންޓް ފުރަގަހުގައިި ތަރައްގީ ކުރި ޕާކު ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވި ޕާކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނަށް، ވަކިން ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް އައިސް މަޖާކޮށް އުފާކޮށް ހަދާލެވޭނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް