އެފްއެންބީ ޝޯގެ ފަހު ދުވަހުގެ ހަރަކާތްތައް ކުރިއަށް!

އެފްއެންބީ ޝޯގެ ތެރެއިން -- ފޮޓޯ: ހައިރައިޒް

ހައިރައިޒް އިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ) ގެ ފަހު ދުވަހުގެ ހަރަކާތްތައް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޝޯ އަކީ ކާބޯތަކެތީގެ ބާވަތްތައް ޝޯކޭސް ކުރާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ މައުރަޒެވެ.

މިއަހަރުގެ މައުރަޒު ކުރިއަށް ގެންދަނީ 15 ކުންފުންޏަކާ އެކު އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ މައުރަޒުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ނަގާ ގްރޭންޑު ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އަގު ހުރި އިނާމުތައްވެސް ދަނީ ދެމުންނެވެ.

ޝޯގައި ބައިވެރިވާ ފަރާތްތައް:

  1. ހޮބްސަންސް ޗޮއިސް
  2. ފޭންސީ ފުޑްސް
  3. ފުޑް ހަބް
  4. ސްޓެލްކޯ ފެން
  5. ޔޫރޯ ސްޓޯރ
  6. ކެފޭ ޑި އިޓާލިއާ
  7. ދަ ބެރީ ކޮމްޕެނީ
  8. ޑައިން
  9. ލިލީ އިންޓަނޭޝަނަލް
  10. އޮންދިގޯ
  11. ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް
  12. ލޮޓަސް
  13. ޑިވައިން
  14. ޔުނައިޓެޑް ފުޑް ސަޕްލަޔާސް
  15. ކޮކާކޯލާ

މައުރަޒަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ކޮންމެ ދުވަހަކު އެތަނުގައި ކުރިއަށްގެންދާ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ހަބޭސް ބޮޑު ބެރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު އިއްޔެ ހަވީރު އޮތީ ޝޭޑީޖޭގެ ޑީޖޭ އާއި ރޮބޯ މޭން ގެ ޑާންސެވެ. ރޭގަނޑު ލުވެއިޒްގެ ލައިވް މިއުޒިކް އޮތް އިރު މިއަދު ހަވީރު އޮންނާނީ މޯލްޑިވިއަން އައިޑޮލްގައި ހިތްގައިމު ލަވަތަކެއް ހުށަހަޅައިދިން އަހްމަދު ސައްޔާހު ލީޑް ކުރާ ހަބޭސް ފިއުޝަންއާއެކު މޯލްޑިވިއަން އައިޑޮލްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެކެވެ.

އައިޑޮލްގެ ދެ ތަރިން ކަމުގައިވާ ސައްޔާހުއާއި ބޮޑުބެއާ ބައްދަލުކޮށްލުމުގެ ފުރުސަތު މިއޮތީ ހުޅުވާލެވިފަ އެވެ. އެހެން ކަމުން މިއަދުގެ ޝޯއަށް ކޮންމެހެން ވެސް ދާން ވާނެ އެވެ. މިއަދުގެ ޝޯ ފަށާނީ ހަވީރު 04:00 ގައި އެވެ. ދާން ތައްޔާރު ވާށެވެ.

comment ކޮމެންޓް