ބޮޑުބެއާ ބައްދަލުކޮށްލަން ބޭނުންތަ؟ މިއަދު އެފްއެންބީ ޝޯއަށް ދޭ!

ބޮޑުބެ، ހަބޭސް ފިއުޝަނާ އެކު ---

ލަވަކިއުމުގެ ދާއިރާއިން، މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެއް މިއަދު އެފްއެންބީ ޝޯގެ ތެރެއިން ފެނިގެންދާނެ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މިރޭ 11:00ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ އެފްއެންބީ ޝޯގެ ސްޓޭޖަށް ބޮޑުބެ އަރާނީ ހަބޭސް ފިއުޝަނާ އެކު އެވެ. ހަބޭސް ފިއުޝަނަކީ މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގައި ބެލުންތެރިންނާ ހަމައަށް ހިތްގައިމު ލަވަތަކެއް ގެނެސްދިން ބައިވެރިޔާ އަހްމަދު ސައްޔާހު ލީޑް ކުރާ ހަބޭސް ބޮޑު ބެރު ގްރޫޕުގެ ދަށުން ކުރި ފަޅާފައިވާ ބޭންޑެކެވެ.

ބޮޑުބެ އަކީ އިތުރު ތައާރަފެއް ދޭން ނުޖެހޭ ވަރަށް އައިޑޮލްގެ ތެރެއިން ބެލުންތެރިންގެ ހިތްތައް އަތުލައިގަތް ހުނަރުވެރި އަދި ކުޅަދާނަ ލަވިކިއުންތެރިއެކެވެ.

އައިޑޮލްގެ ދަތުރަށް ފަހު ބޮޑުބެގެ ލައިވް ޕާފޯމެންސެއްދޭ ފުރަތަމަ ޕްލެޓްފޯމަށް އެފްއެންބީ ޝޯ ވެގެންދާނެ އެވެ. ޝޯގެ ތެރެއިން އޭނާއާ ބައްދަލުކޮށް ސެލްފީ ނެގުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ހައިރައިޒްގެ އެފްއެންބީ ޝޯއަށް ބޮޑުބެއާއި ހަބޭސް ފިއުޝަން މިއަދު ދާއިރު އިއްޔެގެ ޝޯގައި ޝޭޑީޖޭގެ ހުނަރާއި ރޮބޯ މޭންގެ ޑާންސް ވަނީ ގެނެސްދީފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އޮތީ ހަބޭސް ބޮޑުބެރެވެ.

އެފްއެންބީ ޝޯ އަކީ ކާބޯތަކެތީގެ ބާވަތްތައް ހިމަނައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި ބައިވެރި ކުރުވަނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން، މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮމޯޓުކުރާ ޕްރޮޑަކްޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް އޮވެ އެވެ. އަދި ކޮންމެ ދުވަހަކު ނެގޭ ގްރޭންޑް ލަކީ ޑްރޯއިން ހޮވާލެވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ވެސް ދޭން ވަނީ ހަމަޖައްސާފަ އެވެ.

އައިޑޮލްގެ ދެ ތަރިން ކަމުގައިވާ ސައްޔާހުއާއި ބޮޑުބެއާ ބައްދަލުކޮށްލުމުގެ ފުރުސަތު މިއޮތީ ހުޅުވާލެވިފަ އެވެ. އެހެން ކަމުން މިއަދުގެ ޝޯއަށް ކޮންމެހެން ވެސް ދާން ވާނެ އެވެ. މިއަދުގެ ޝޯ ފަށާނީ ހަވީރު 04:00 ގައި އެވެ. ދާން ތައްޔާރު ވާށެވެ.

comment ކޮމެންޓް