ރާއްޖޭގެ މެދުތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި

ނެއްލައިދޫ އަށް މިއަދު ކުރި ވިއްސާރައިގައި އެރަށުގައި ފެން ބޮޑުވެފައި. --- ސަން ފޮޓޯ: ކިޔުންތެރިއެއް

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދިި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

އެ އޮފީހުން ބުނީ، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވައިގަދަވެއްޖެ ނަމަ އުދަ އަރާފާނެ ކަމަށާއި، އަދި އާއްމުކޮށް އުދަ އަރާ ރަށެއްނަަމަ އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މެޓުން ވަނީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މިއަދުގެ ހަވީރު 04:15 އާ ހަމައަށް ވައިޓް އެލާޓު ނެރެފައިވާއިރު، އެލާޓުގެ ވަގުތުގައި 23 މޭލާއި 29 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.

އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މެދުތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ އެވެ. އަދި އެހެން ހިސާބުތަަކަށް ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ.

ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް