ރޯދަޔަށް މަޖީދީމަގު ހެދުން މެދުކަނޑާލައި، މަގު ހުޅުވާލައިފި

މަޖީދީމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަލުން ހަދަމުން އަންނަ މަޖީދީމަގުގެ މަސައްކަތް ރޯދަ މަހަށް މެދުކަނޑާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ރޯދަޔަށް އެ މަސައްކަތް މެދުކަނޑާލައި މަޖީދީމަގު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ގަލޮޅުދަނޑާ ހަމައަށް އެ މަސައްކަތް މިހާރު ނިމިފައިވާ އިރު ފިތުރު އީދު ދުވަހުން ފެށިގެން އަނބުރާ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ކުރީކޮޅު ނިންމަން ބުނި އެ މަސައްކަތްތަކަށް ދިމާވި ތަފާތު ސަބަބުތަކާއި ހުރެ އަދި ވަނީ ނިންމާލެވޭ ގޮތްނުވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދިގެން ދާއިރު، ކުރިން ހުންނަ އަޑިގުޑަންތަކާއި ހަލާކުވެފައި ހުރި ތަންތަނަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި ކުދި ގޯޅިތަކަށް ފަސޭހައިން މީހުންނަށް ވަދެ ނުކުމެވޭނެ ގޮތަށް ފަހި ކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް