ދިވެހި ބަހަކީ ދުނިޔެ ބަލައިގަންނަ ދުނިޔޭގެ އެތަން މިތަނަށް ފެތުރިފައިވާ ބައިނަލް އަގްވާމީ ބަހަކަށް ހަދަން އަޒުމުކަނޑައަޅައި އެކަމަށް މަސައްކަތްކުރަން ޖެހޭކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ އެކަޑެމީ އެވޯޑު ހަފްލާގައި ރޭ ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ހާމަކުރާ ފަދައިން ދިވެހި ބަހުގެ މުއްސަނދިކަން މުޅި ދުނިޔެއަށް ދައްކަންޖެހޭ ކަމަށެވެ.

ދިވެހި ބަހުގެ އެކަޑަމީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ފަޔާޒު މޫސާ
ދިވެހި ބަހާއި ދިވެހިއަދަބިއްޔާތުގެ އެކި އެކި ރޮނގުތަކުންނާއި ދިވެހި ތާރިޚުގެ އެކި ރޮނގުތަކުން ދިވެހި ގައުމަށް ގިނަގުނަ ޚިދުމަތްތަކުރައްވާ ބޭފުޅުންގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ރޭގެ ރަސްމިއްޔާތުގައި ވަނީ އެވޯޑެއް ދީފައެވެ.