ސޮނީ ހާޑްވެއާގެ ރޯދަ ބާޒާރު: 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

ސޮނީ ހާޑްވެއާގެ ފިހާރައެއް -- ފޮޓޯ: ސޮނީ ހާޑްވެއާ

މިއަހަރުގެ ރޯދަ މަހާ ދިމާކޮށްގެން ސޮނީ ހާޑްވެއާ އިން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިިބޭ ޕްރޮމޯޝަނެއް "ރޯދަ ބާޒާރު"ގެ ނަމުގައި ފަށައިފި އެވެ.

ސޮނީ ހާޑްވެއާ އިން ބުނި ގޮތުގައި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރު ދޭން ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންމެ 200 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭން ހަމަޖައްސާފައިވާ މި ޕްރޮމޯޝަން ސޮނީ ހާޑްވެއާގެ ހުރިހާ ފިހާރަތަކެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ސޮނީ ހާޑްވެއާގެ ފިހާރަތައް:

    • ދަ ސީން - – މަޖީދީމަގު
    • ސޮނީ ހާރޑްވެއަރ ޕްރޮފެޝަނަލް –- މަޖީދީމަގު
    • ސޮނީ ހާރޑްވެއަރ – މަޖީދީމަގު
    • ސޮނީ ހާރޑްވެއަރ – ޖަނަވަރީ މަގު
    • ސޮނީ ހާރޑްވެއަރ – ބޮޑުތަކުރުފާނު މަގު
    • ސޮނީ ހާރޑްވެއަރ – ކަނބާއައިޝާރަނި ހިނގުން

"ރޯދަ ބާޒާރު"ގައި ރޯދަ މަހަށް ޙާއްސަ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެންމެހާ ސާމާނު، ލައިޓިން ސާމާނާއި ތަށިމުށި ޙާއްސަ ހެޔޮއަގެއްގައި ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ވެސް ޔޫރަޕްގެ ނަންމަސްޙޫރު ބްރޭންޑް "އޮސްރާމް، ލޮކް އެންޑް ލޮކް ،ލައިފައިޓް، ބްރަބާންޝިއާ"ގެ އުފެއްދުންތަކުގެ އިތުރުން އެމެރިކާގެ މަސްޙޫރު ކޮރަލް ބްރޭންޑް ގެ ތަށި ވެސް ސޮނީ ހާޑްވެއާގެ ފިހާރަތަކުން ލިބެންހުންނާނެ އެވެ.

ލަކީޑްރޯ ނެގުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި، ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާޑްވެއާގެ ފިހާރައިގައެވެ.

ސޮނީ ހާޑްވެއަރ އަކީ ހާޑްވެއަރ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރުޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަށް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.

comment ކޮމެންޓް