ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖާބިރު ހޯދަނީ

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ޖާބިރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ޔޮޓް ޓުއާޒްގެ ވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހޯދަން ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖާބިރު ދިރިއުޅުއްވި ހ. ތިމާވެއްޓަށް ފުލުހުން މިއަދު ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސަވާފައި ހުންނެވި ޖާބިރު މިހާރު ދިރިއުޅުއްވަމުން ގެންދަވާ ކަމަށް ވަނީ ސްރީލަންކާގެ ކޮލަމްބޯގަ އެވެ.

ޖާބިރު މިހާރު ގެންދަނީ ސަރުކާރާ ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް ޔޮޓް ޓުއާސްގެ ދަށުގައި އޮތް ހއ. އަލިދު އާއި އެއަތޮޅު ބީނާފުށި ރިސޯޓްގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒް ކުރުމުން އޭނާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް